25 Apr 2026, 22:54
"ޓެކްނިކަލް މައްސަލައެއް" ދިމާވެ މާފަންނުގެ ބައެެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާކަމަށް ސްޓެލްކޯއިން މިރޭ ބުނެފިއެވެ.
ސްޓެލްކޯއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައިވަނީ ކަރަންޓު ކެނޑިފައިވާ ތަންތަނަށް ކަރަންޓު އަލުން ދިނުމަށް މަސައްކަތްކުރަމުން އަންނަކަމަށް ބުނެފައެވެ.
މިއަދު މެންދުރުފަހު 14:00 ހާއިރު ހުޅުމާލެ ފޭސް ދޭއްގެ ވަރަށް ގިނަ ޓަވަރުތަކަކުން ވެސް ކަރަންޓު ދިޔައެވެ. މި ކަން ހިނގީ މަގެއް ކޮންނަނިކޮށް މައި ކަރަންޓު ކޭބަލެއް ހަލާކުވެގެން ކަމަށް ސްޓެލްކޯއިން ބުންޏެވެ.
އެ މައްސަލަ ހައްލުވެ ކަރަންޓު ދެވުނީ އޭގެ ހަތަރު ގަޑިއިރެއްހާއިރު ފަހުންނެވެ.