އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ޖީއެމްއާރަށް އެވޯޑްކުރި މައްސަލައިގައި އެ ބިޑް އިވެލުއޭޓް ކުރި އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އެމައްސަލައިގައި ވަރަށް ބޮޑަށް އިހްމާލުވެފައިވާކަމަށް ބަންޑާރަ ނައިބް އައިސަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.

އައިއެންއައިއޭ ހިންގުމަށް ޖީއެމްއާރަށް ދިނުމާ ގުޅިގެން އެ މައްސަ އޮފީހުލަ ދިރާސާކުރުމަށްފަހު އެކަމާ ބެހޭގޮތުން މީޑީއާއަށް މައުލޫމާތް ދިނުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބް އާޒިމާ ވިދާޅުވީ އެއާޕޯޓް ދިނުމުގައި އައިއެފްސީ އިން ދައުލަތަށް ދީފައިވާ މާލީ އަދި ގާނޫނީ އަދި ފަންނީ ލަފާ ދީފައިވަނީ އެންމެ އެކަށީގެން ވާގޮތަށް ނޫންކަމަށެވެ.

"އައިއެފްސީގެ ބިޑިން ޕްރޮސިސްގެ ތެރޭގައި ކަންކުރެވިފައިވާ ގޮތާއި އައިއެފްސީން ދީފައިވާ ފަންނީ އަދި މާލީ ލަފާ ދިނުމުގައި ގަބޫލުކުރެވޭ ހަމައަށް ފަންނީގޮތުން މަސައްކަތް ކުރެވިފައިނެތްކަމަށް ގަބޫލްކުރަން، އެގޮތުން މިފަދަ ބޮޑު ޕުރޮޖެކްޓެއް އެފަދަ ދިގުމުއްދަތަކަށް 25 އަހަރަށް ބޭރުގެ ބަޔަކަށް އެވޯޑް ކުރެވުނުއިރު ދިވެހިރާއްޖޭގެ އިގްތިސާދަށް އޭގެން ކޮށްފާނެ ފައިދާ ނުވަތަ ގެއްލުމާ ބެހޭގޮތުން ހެދިފަހުރި ލޮސް ބެނެފިޓް އެސެސްމެންޓް ތަކުގެ ތެރޭގައި ވަރަށްބޮޑެތި މާލީގޮތުން ވަރަށްބޮޑެތި އިހްމާލްތަކެއް ހުރިކަން ދައުލަތުން ފާހަގަކުރަން،" ބަންޑާރަ ނައިބް ވިދާޅުވި އެވެ.

އަދި ވިދާޅުވީ އައިއެފްސީން ކޮންމެހެން ހަދަންޖެހޭ ހިސާބުތަކާއި ބަލަންޖެހޭ އެހެނިހެންވެސް ހިސާބުތަށް ނުބަލައި ދައުލަތަށް ލަފާދީފައިވާ ކަމަށާއި އަދި ދައުލަތަށް ދީފައިވާ ގާނޫނީ ލަފަޔާއި އެ ލަފާގެ މަތިން ހެދިފައިވާ އެއްބަސްވުމަކީ އެކަމުގައި މުއާމަލާތްކުރުމުގައި ދައުލަތަށް އެންމެ ހަމަހަމަގޮތަށް މުއާމަލާތު ކުރުމުގެ ހައްގު ނުވަތަ ބާރު ލިބިފައިވާ އެއްބަސްވުމެއް ނޫން ކަމަށެވެ.

"މިހާރުވެފައިވާ މިއެއްބަސްވުމުގެ ތެރޭގައި ދައުލަތަށް ކަންކަންކުރުމުގަޔާއި ދިވެހި ދައުލަތުގެ ހައްގުތަށް ހޯދުމުގަޔާއި އެއްބަސްވުމުގެ ތެރެއިން މެނުއަލް [އެއްބަސްވުން ބަދަލުކުރުމުގެ] ޖާގަވެސް ވަރަށްބޮޑަށް ކުޑަކުރުވިގެން ގޮސްފައިވާ ކަމާއި މިކަމުގެ ސަބަބުން މިހާރުން ދައުލަތުން އަޅަންޖެހޭ ފިޔަވަޅުތަށް އެޅުމުގައި ދައުލަތަށް ވަރަށް ބޮޑެތި ގެއްލުންތަކާއި ދަތިކަން ލިބެމުންދާކަން ފާހަކުރެވޭ" އާޒިމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއާޕޯޓްގެ ތަރައްގީގެ ކަންތައްތަކަށް ބަލާ މީގެ ކުރިން ހެދިފައިވާ މާސްޓަ ޕުލޭންތަކަށް ބަލާއިރު އެޕުލޭންތަކަށް ހަރަދުވާނެ އަގަށްވުރެ ބޮޑުއަގެއް އެ ޕްލޭންގައި ހުރިކަންތައްތަކަށްވުރެ މަދު ކަންތައް ތަކަކަށް ދައުލަތުގެ ފަރާތުން އެއްބަސްވުމަށް އައިއެފްސީން ލަފާދީފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެކަންތައްތަށް އެހެންއޮތުމާއެކު އެއެއްބަސްވުން ކުރިއަށްގެންދިއުމަކީ އިގްތިސޯދީ ގޮތުން ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އަހުމަދު ޝަމްހީދު ވިދާޅުވީ ޖީއެމްއާރާ އެއާޕޯޓް ހަވާލުކުރިގޮތް ބެލުމަށް އަޅާކިޔުނު ޓެކްނިކަލް ކަންތައްތަކުގެ ތެރެއިން ސަރުކާރުން އިގިރޭސިވިލާތުގެ ކުންފުއްޏެއްކަމަށްވާ ސުޓޮކްވިލްސަންއާ ހަވާލުކޮށްގެން ހަދާ ފައިވާ މާސްޓަޕްލޭނާއި އައިއެފްސީން ޕްރޮޕޯސްކޮށް ޖީއެމްއާރުން ގެންގުޅޭ މާސްޓާޕްލޭންގެ ތަފާތު ހޯދިފައިވާ ކަމަށެވެ. އެގޮތުން ކުރީގެ ސަރުކަރުން އެއާޕޮޓް އަމިއްލަ ފަރާތަކަ ހަވާލު ކުރަން ނިންމީ އެމާސްޓާ ޕުލޭނަށް އަމަލުކުރެވުމުން ދަނިކޮށް ކަމަށާއި އައިއެފްސީން ބުނެފައިވަނީ އެފަރާތުން ފުރަތަމަ ބެލީ އެމާސްޓަ ޕްލޭނަށް އަމަލުކުރަން ކަމަށެވެ. ނަމަވެސް އެޕްލޭން މާ އަގުބޮޑުކަމަށް ބުނެ އެޕުލޭނަށް އަމަލުނުކުރީ ކަމަށްވެސް އައިއެފްސީ ޖަވާބުދީފައިވާ ކަމަށެވެ. ނަމަވެސް ފަހުގެ ޕްލޭންއަކީ ސްކޮޓް ވިލްސަންގެ ޕްލޭނަށް ވުރެ ގިނަ ކަންތައްތަކެއް މަދު ޕްލޭނެއް ކަމަށް މިނިސްޓާ ވިދާޅުވި އެވެ.

"ސްޓޮކްވިލްސަންގެ މާސްޓާ ޕްލޭން އެކުލެވިފައިވަނީ ފޭސްތަކަކަށް އެގޮތުން ފޭސް ވަންނުންވެސް ދައުލަތަށައި ރައްޔިތުނަށް ލިބިގެންދޭ މާގިނަ އިންފްރާ ސްޓްރަކްޗާ މާ މާއަގުހެޔޮކޮށް ، އަޅުގަނޑު ހަނދާވަނީ 390 މިލިއަން ޑޮލަރު ބޭނުންވާނީ ސުޓޮކްވިލަސަންގެ ފޭސް ވަންއަށް، މުޅި އެއްކޮށް ތިން ފޭސް އެއްކޮށްލީމައި 600 މިލިއަންޑޮލަރު ހަމައަށް މިއަރަނީ އެހެވީމަ އަޅުގަނޑަށް ގަބޫލްކުރެވެނީ އެކަންތައްތަށް އައިއެފްސީނެތް ސަރުކާރާ ހިއްސާކޮށްފަކައި، އެމާސްޓާ ޕުލޭން އަގުބޮޑު މިވަނީ އެއީ ވަރަށްބޮޑު ޑިވެލޮޕްމެންޓަކަށްވީމަ 30 އަހަރުގެ ޑިވެލޮޕްމެންޓެއް ވީމަައި،" ޝަމްހީދު ވިދާޅުވި އެވެ.

އަދި ވިދާޅުވީ ޖީއެމްއާރުގެ އެގްރިމެންޓުގައި ސޮއިކުރިއިރު ހަދާފައިވާ މާސްޓާޕުލޭނުގައި މިހާރުގެ ރަންވޭގެ ކޮންޑިޝަނެއް ބަލާފައި ނުވާ ކަމަށާއި މިއަދު ޖީއެމްއާރުން ބުނަމުންދަނީ އެއެގުރިމެންޓްގައި ރަންވޭހެދުމުގެ މަސައްކަތްކުރުމަށްނެތް ކަމަށެވެ.

"މިހާރު ރަންވޭގެ ސަބްގުރޭޑް އެއްކޮށް ފެއިލްވެފައިވަނީ، އަޅުގަނޑުމެން ހީކުރި ވަރަށް ވުރެވެސް ގޯސް، އެހެންކަމުން އެކަންތައްތަށްވެފައި އައިއެފްސީން ކޮށްފައިމިވަނީ ވަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް، އެންމެ ފަހުން ރަންވޭ މަރާމާތުކޮށްފައި ޖީއެމްއާރުން ބިލުކުރަނީވެސް ސަރުކާރަށް."