ވެސްޓްޕާކް ކައިރިން ވަޅިހަރައި މ. ފެއަރީކޯނާ، އަލީ ޝިފާން މަރުގެ މައްސަލައިގައި ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ޝަރީއަތަށް ފޮނުވައިފި އެވެ.

ޕީޖީއެޮފީހުގެ މީޑިއާ އޮފިޝަލް ހުސެއިން ނާޝިދު މިއަދު ވިދާޅުވީ އެ މައްސަލަ ޝަރީއަތަށް ފޮނުވާފައި ވަނީ މިހަފްތާގެ ތެރޭގައި ކަމަށާއި އެ މައްސަލައިގެ ދައުވާކޮށް ދިނުމަށް އެދި ކްރިމިނަލް ކޯޓުން ޝާރީއަތަށް ފޮނުވާފައި ވަނީ ޅ. ކުރެންދޫ މާފަހި، މުހައްމަދު އާސިފް 19، އާއި މާލޭ ދަފްތަރު 2193 މުހައްމަދު ޝައިފަން 18، އާއި މ. ނަލަހިޔާމަންޒިލް، އަލީ ނަބީހް 22، އާއި ބ. ތުޅާދޫ، ކާނިމާގޭ، ރައްޒާން އަބްދުއްރަހުމާން އާއި މ. ދިންމަނަ، އަބްދުﷲ ތިލްމީޒު، 20، ގެ އިތުރުން މ. ސިލްވަނެޓް، މުހައްމަދު މިޝާން އަބްދުލް ހާދީ، 20،ގެ މައްޗަށެވެ.

ޕީޖީ އޮފީހުން ބުނީ މިއެންމެންގެ މައްޗަށް ވެސް ދައުލަތުން ދައުވާކޮށްފައި ވަނީ ގަސްދުގައި މީހަކު މަރާލި ކަމުގެ ކުށުގެ ދައުވާ ކަމަށެވެ. ފުލުހުންގެ އިދާރާ އިން ވެސް ޝިފާންގެ މަރުގެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ހުށަހަޅައިފައި ވަނީ ވެސް އެ ހަ މީހުންގެ މައްޗަށެވެ.

ޝިފާނަށް ހަމަލާ ދިނީ އޭނާ ވެސްޓްޕާކުގައި ކޮފީއެއް ބޯން އިނދެފައި، ރައްޓެއްސަކު އަންނާތީ ބޭރަށް ނުކުތް ވަގުތު ކަމަށްވެ އެވެ. އެ ހަމަލާ އަށް ފަހު އޭނާ އައިޖީއެމްއެޗަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.