މި މަހުގެ 22 ވަނަ ދުވަހު އޮންނަ ރ. އަތޮޅު ބައި އިލެކްޝަނުގައި ޕީޕީއެމް އިން ވާދަކުރާ ކެންޑިޑޭޓަށް ތާއީދު ހޯދުމުގެ ގޮތުން ޕީޕީއެމްގެ ވަފްދެއް މިއަދު ރ. އަތޮޅަށް ފުރައިފި އެވެ.

ޕީޕީއެމް އިން މައުލޫމާތު ދިން ގޮތުގައި ރ. އަތޮޅަށް ދިއުމަށް މިއަދު މެންދުރު ފަހު މާލެ އިން ފުރި ވަފުދުގައި އެ ޕާޓީގެ އިންތިގާލީ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަބްދުﷲ ޔާމިނާއި އަދި ކައުންސިލް މެންބަރުން ބައިވެރިވެވަޑައިގަންނެވި އެވެ.

އެ ދަތުރުގައި ރ. އަތޮޅު އަލިފުއްޓަށްށާއި ވާދު އަށާއި އަދި ރަސްގަތީމަށް ދިއުމަށް ހަމަޖައްސާފައިވާ ކަމަށް އެ ޕާޓީން މައުލޫމާތުދެ އެވެ.

ރ. އަތޮޅު ބައި އިލެކްޝަނުގައި، ޕީޕީއެމްގެ އިތުރުން އެމްޑީޕީއާއި ޑީއާރުޕީ އާއި އަދި ޖުމްހޫރީ ޕާޓީން ވާދަކުރާ އިރު އެމްޑީޕީގެ އެންމެ އިސް ލީޑަރު މުހައްމަދު ނަޝީދާއި އެ ޕާޓީގެ ބައެއް އިސް ބޭފުޅުން ރ. އަތޮޅަށް ދާދި ފަހުން ދަތުރުކޮށްފައިވެ އެވެ.