13 Sep 2012, 13:21
ވެރިފަރާތުގެ ހުއްދަ ނެތި މީހެއްގެ އެކައުންޓުން ދިހަ ހާހަށް ވުރެ ގިނަ ޑޮލަރު ނެގި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މ. މުލީ ބްރާންޗްގެ މުވައްޒަފަކު 12 އަހަރާއި ހަތް މަހަށް އަރުވާލަން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ޚިޔާނާތްތެރިވުމުގެ ކުށް ޝަރީއަތަށް ސާބިތުވުމުން 12 އަހަރާއި ހަތް މަހަށް އަރުވާލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ މ. މުލީ ކީރަންމާގޭ އަލީ ސާދިގުގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނަނީ ޖޫން 2، 2009 ވަނަ ދުވަހު ބީއެމްއެލްގެ މުލީ ބްރާންޗްގެ މުވައްޒަފެއްގެ ގޮތުގައި ހުރެ އެ ރަށު ހައިސިންތު ހުސެއިން ރަފީއު ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓުން އަލީ ސާދިގު އޭނާގެ އަމިއްލަ އެކައުންޓަށް 10،410 ޑޮލަރު ރަފީއުގެ ހުއްދަ ނެތި ޖަމާކޮށްފައިވާ ކަން ދައުލަތުން ހުށަހެޅި ކިތާބީ ހެކިތަކުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.