20 Apr 2026, 21:40
އުރީދޫ ''ވެލިއު ޝެއާ'' މެދުވެރިކޮށް، ފަސޭހަކަމާއެކު ޑޭޓާ ޝެއާ ކުރެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
ވެލިއު ޝެއާގެ ދަށުން، ޕްރިޕެއިޑް ކަސްޓަމަރުންނަށް ފަސް ދުވަހާއި 10 ދުވަހުގެ ޕެކްތައް ލިބޭނެއެވެ. އޭގެ ތެރެއިން ފަސް ދުވަހުގެ ޕެކަށް ނަގަނީ 200 ރުފިޔާ ކަމަށްވާއިރު، 10 ދުވަހުގެ ޕެކް 300 ރުފިޔާއަށް ލިބޭނެއެވެ.
އެ ދެ ޕެކްއިން ވެސް ކޮންމެ މީހަކަށް ޖުމްލަ 100 ޖީބީ ލިބޭނެއެވެ. އޭގެ ތެރެއިން، އެ މީހަކު އަމިއްލައަށް ބޭނުންކުރުމަށް 40 ޖީބީ ލިބޭނެއެވެ. އަދި ދެ މީހަކާ 30 ޖީބީގެ މަގުން 'ޝެއާ' ކުރުމަށް ބާކީ 60 ޖީބީ ލިބޭނެއެވެ.
އުރީދޫގެ ''ވެލިއު ޝެއާ''ގެ މައިގަނޑު މަގުސަދަކީ އާއިލާ އާއި ރައްޓެހިންނާ ފަސޭހައިން ޑޭޓާ ހިއްސާކުރުމުގެ ފުރުސަތު ދިނުމެވެ.