އއ. ބަތަލާ ރިސޯޓްގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފް އިން މިއަދު ބުނީ އެ ރިސޯޓުގެ އަތިރިމަތީގައި ހުންނަ ރެސްޓޯރެންޓެއްގައި އަލިފާން ރޯވެފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށާއި އަލިފާން ރޯވުމުގެ ސަބަބުން އެ ރެސްޓޯރެންޓް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ. ނަމަވެސް އަލިފާން ރޯވުމުގެ ސަަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެ ހާދިސާ ހިނގި ކަމުގެ މައުލޫމާތު ރޭ ދަންވަރު 1:15 އެހާކަންހާ އިރު ސިފައިންނަށް ލިބިގެން އެ ރިސޯޓަށް ދިޔަ އިރު ރޯވެފައިވާ އަލިފާންގަނޑުއެ ރިސޯޓުގެ މުވައްޒަފުން ނިއްވާލާފައިވާ ކަމަށާއި ހާދިސާ ހިނގަން މެދުވެރިވި ސަބަބަބެެއް އަދި އެނގިފައި ނުވާކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

އެ ހާދިސާއާ ގުޅިގެން އެ ރިސޯޓުގެ ކޮމެންޓެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.