މާލެ، އޯކިޑު މަގުގައި ހުރި ގުދަނެއްގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި މިހާރު އަލިފާން ގަނޑު ވަނީ ކޮންޓްރޯލްކުރެވިފައެވެ.

އަލިފާން ނިއްވުމަށް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސަސްގެ ޓީމުން ވަނީ ވަގުތުން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.

އެމްއެންޑީއެފުން މައުލޫމާތުދިން ގޮތުގައި ރޯވެފައި ވަނީ އޯކިޑު މަގުގައި ހުންނަ މ. މައިމަގުމަތީގޭގައެވެ.

އަދި އަލިފާން ރޯވެފައި ވަނީ ހުސްކޮށް އޮތް ބިމެއްގައި ހުރި ކުނިތަކެއްގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.