އިންޑިއާއިން ހުރިހާ ޚަރަދެއް ހަމަޖައްސައިދޭ، އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް (އައިސީސީއާރް)ގެ ސްކޮލާޝިޕްތަކަކަށް ކުރިމަތިލާން ހުޅުވައިލި މުއްދަތު މިއަދު އިތުރުކޮށްފިއެވެ.

އިންޑިއަން ހައިކޮމިޝަނުން މި ސްކޮލާޝިޕްތަކަށް އެޕްލައިކުރުމުގެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވައިލީ މިދިޔަ ބުދަ ދުވަހުގެ ނިޔަލަށެވެ. އެފަހުން މިއަދު އަނެއްކާވެސް މިވަނީ މުއްދަތު އިތުރުކޮށްފައެވެ.

ހައި ކޮމިޝަނުން ކުރި ޕޯސްޓުގައި ވަނީ އަންނަ ހަފުތާގެ ބުދަ ދުވަހުގެ ނިޔަލަށް އެ މުއްދަތު އިތުރުކޮށްފައެވެ.

އެ ޕްރޮގްރާމްގެ ދަށުން ދިވެހި ދަރިވަރުންނަށް ޖުމްލަ 32 ޖާގަ ވަނީ ކަނޑައަޅައިފައެވެ. އޭގެ ތެރޭގައި:

  • އަންޑަގްރެޖުއޭޓް ނުވަތަ ޑިގްރީ ފެންވަރުގެ ކޯސްތަކަށް: 20 ޖާގަ

  • އާޓްސް އަދި ކަލްޗާއިން: 10 ޖާގަ
  • ޔޯގާ އަދި ފިޓްނަސްއިން: 2 ޖާގަ

އެ ސްކޮލާޝިޕްތަކަށް އައިސީސީއާރުގެ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ހައިކޮމިޝަނުން ވަނީ އެދިފައެވެ.