ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްގެން ވައިގެ މަގުން އައްޑުއަށް ދިޔަ އަންހެނަކު ގަން އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އިންޓެލިޖެންސް މަޢުލޫމާތަކާ ގުޅިގެން އައްޑޫ ސިޓީގެ ގަން ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި 26 އަހަރުގެ އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މިއަދު މެންދުރު ފަހު މާލެއިން އައްޑު އަށް ދިޔަ ފްލައިޓަކުން އޭނާ އައްޑޫ އަށް ދިޔަ ތަނުން ކަމުގަ އެވެ.

ފުލުހުން އޭނާ ހިފެހެއްޓުމަށް ފަހު ބަލައި ފާސްކުރިކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 8 ޕެކެޓް އޭނާގެ ހަށިގަނޑުގައި ރައްކާކޮށްފައި ހުއްޓާ ފެނިފައިވެ އެވެ. އަދި އޭނާ ބަލާ ފާސްކުރިކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަތް ޕެކެޓް އޭނާގެ އަތުން ފެނިފައިވެ އެވެ.

މީގެ އިތުރުން ވެސް އޭނާގެ ހަށިގަނޑުގެ ތެރޭގައި ދިރުވާލައިގެން މަސްތުވާތަކެތި ރައްކާކޮށްފައިވޭތޯ ބެލުމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދެވި ސްކޭންކޮށްފައިވެ އެވެ. އަދި ފުލުހުން މިހާރު ވެސް ގެންދަނީ އިތުރަށް ބަލަމުންނެވެ.

މިމައްސަލަ އައްޑޫ ސިޓީގެ ގަން ޕޮލިސް ސްޓޭޝަނުން ގެންދަނީ އިތުރަށް ތަހްގީގު ކުރަމުންނެވެ.