12 Sep 2012, 17:35
އިންޑިއާގެ ޑިފެންސް މިނިސްޓަރު އޭކޭ އެންތަނީ އަންނަ ހޮނިހިރު ދުވަހު ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެ އެވެ.
އެމްއެންޑީއެފް އިން ބުނީ އެންތަނީ ރާއްޖެ ވަޑައިގަންނަވަނީ ޑިފެންމިނިސްޓަރު މުހަންމަދު ނާޒިމްގެ ދައުވަތަކަށް ކަމަށާއި އެ މަނިކުފާނު ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހު ކަމަށެވެ. ރާއްޖެ އިން ފުރާވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ ހޯމަ ދުވަހު އެވެ.
އެ ދަތުރުފުޅުގައި އިންޑިއާ ސަރުކާރުގެ އެހީގައި މާލޭގައި އިމާރާތް ކުރި ސިފައިންގެ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވުމާއި އިންޑިއާ ސަރުކާރުގައި އެހީގައި މާފިލާފުށީގައި އަޅާ ކޮމްޕޯސިވް ޓްރައިނިން ސެންޓަރުގެ ބިންގާ އެޅުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.
މިއީ، ފެބުރުއަރީ ހަތެއްގައި ސަރުކާރު ބަދަލުވުމަށް ފަހު އިންޑިއާގެ މަތީ ފެންވަރުގެ އޮފިޝަލަކު ރާއްޖެ އަށް ދަތުރުފުޅެއް ކުރައްވާ ފުރަތަމަ ފަހަރެވެ. އެންތޮނީ ރާއްޖެ އަށް ދަތުރެއް ކުރައްވާއިރު އިންޑިއާގެ އަސްކަރިއްޔާގެ އެހީގައި ރާއްޖޭގެ ހަތަރު ރަށެއްގައި ބަހައްޓާ ރާޑަރު ސިސްޓަމުތަކުގެ އަމަލީ މަސައްކަތް ވެސް މި ހަފުތާ ތެރޭގައި ވަނީ ފެށިފަ އެވެ.