ކުޅުދުއްފުށި ސިޓީން މިއަދު ގެއްލިގެން ހޯދަމުން ދިޔަ 59 އަހަރުގެ ދިވެހި ފިރިހެނަކު، މަރުވެފައި އޮއްވައި މޫދު އަޑިން ފެނިއްޖެއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ކުޅުދުއްފުށިން މީހަކު ގެއްލިފައިވާ މައްސަލައެއް 13:48 އެހައިކަންހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދަނިކޮށް އެ މީހާ ފެނިފައިވަނީ 15:00 އެހައިކަންހާއިރު ބޮޑަވަކިވާ ބީޗް މޫދު އަޑިން ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

އެ މީހާ ކުޅުދުއްފުށި ސިޓީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، އޭނާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން އަންގައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މަރުވެފައި ވަނީ ކުޅުދުއްފުށީ، ބަޑިފަސްގަޑުގެ، ސުލައިމާން ޙުސައިނެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.