12 Sep 2012, 16:01
މީހެއްގެ މުދަލެއް އަމިއްލަ ނަމަށް ބަދަލުކުރި މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ. ދައުވާ ކުރަން ފޮނުވާފައި ވަނީ މާލޭ ދަފްތަރު 1457 އަބްދުﷲ އަލީ، 53 ގެ މައްޗަށެވެ.
ފުލުހުން ބުނީ ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު ކަމަށާއި އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވީ މޯލްޑިވްސް މެރިން ސާވިސް ޕްރައިވެޓް ލިމިޓެޑުން މ. ރެހެން، ގޭގައި ހިންގި މެރިންޓެކް ކިޔާ ފިހާރަ ހިންގުމާއި ހަވާލުވެހުރެ އެފިހާރައިގެ މުދަލާއި ވިޔަފާރި އޭނާގެ އަމިއްލަ ނަމަށް ބަދަލުކޮށް އެ ވިޔަފާރިއަށް އޭނާ ޚިޔާނާތްތެރިވެފައިވާކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.