12 Sep 2012, 13:55
ވިހި ވަނަ އެމްބީއޭ ޗެމްޕިއަންޝިޕުގެ ފައިނަލުގެ ފަހު ޖާގާ ޓީރެކްސް ބާސްކެޓް ބޯލްކުލަބުން ހޯދައިފި އެވެ.
ޒުވާނުންގެ މަރުކަޒުގައި ރޭ ކުޅުނު ދެ ވަނަ ސެމީ ފައިނަލް މެޗުގައި ދިވެހި ސިފައިނެގެ ކުލަބާ ވާދަކޮށް ޓީރެކްސް ފައިނަލުގެ ފަހު ޖާގަ ކަށަވަރު ކުރީ 105 ޕޮއިންޓް 89 ޕޮއިންޓުން މެޗް ކާމިޔާބު ކޮށްގެންނެވެ.
ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޓީރެކްސްއަށް 31 ޕޮއިންޓު ކާމިޔާބު ކޮށްދިން ޒަކަރިއްޔާ އަބްދުލްލަތީފެވެ.
މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ޓީރެކްސްއިން ކަށަވަރު ކޮށްފައިވާ އިރު، ފައިނަލުގައި އެޓީމާ ދެކޮޅަށް މާދަމާ ރޭ 9:00 ޖަހާއިރު ބައްދަލުކުރާނީ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ޕޮލިސް ކުލަބް ބަލިކޮށް، ފައިނަލުގެ ފުރަތަމަ ޖާގަ ހޯދި ރެޑްލައިން ކުލަބާ އެވެ.