12 Apr 2026, 16:28
ނ. އަތޮޅުގެ ރިސޯޓެއް ކަމަށްވާ ސޮނެވާ ޖާނީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު މެންދުރު ފަހު 14:04 ހާއިރު ކަމަށެވެ.
މި ހާދިސާގައި އަލިފާން ރޯވެފައި ވަނީ ރިސޯޓުގެ ރެސްޓޯރަންޓެއްގައި ކަމަށް ފުލުހުން ބުންޏެވެ.
އަދި މިހާރު އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާއިރު، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
އަދި އަލިފާން ނިއްވުމުގެ މަސައްކަތުގައި ފުލުހުންނާއި، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގެ އިތުރުން ރިސޯޓުގެ މުވައްޒަފުން ގުޅިގެން މަސައްކަތް ކުރި ކަމަށް ފުލުހުން މައުލޫމާތުދިނެވެ.