ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާގެ އަށް ޓަވަރަކާއި، ވިނަރެސް ޓަވަރުތަކަކުން ކަރަންޓު ގޮސްފިއެވެ.

"ސަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކަރަންޓު ގޮސްފައިވަނީ ވިނަރެސްގެ ޓަވަރުތަކަކާއި، ހިޔާ، 1،2،3،4،5،6،7 އަދި 8ވަނަ ޓަވަރުންނެވެ.

މީގެ އިތުރުން ފަހިދިރިއުޅުން ފްލެޓްތަކުން ވެސް ވަނީ ކަރަންޓު ކެނޑިފައެވެ.

"ސަން"އަށް މައުލޫމާތު ދެމުން ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑިފައިވާ ކަމަށެވެ. ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ހިއްސާ ނުކުރެއެވެ.

މާލެއާއި ހުޅުމާލެއިން ވެސް ކަރަންޓު ކެނޑުމުގެ މައްސަލަތައް މިހާރު އަންނަނީ ދޭތެރެއަކުން ދިމާވަމުންނެވެ.