އެލައިޑް ހުޅުމާލެ ރަން 2026: ޓާގެޓަކީ 1500 ދުވުންތެރިން، ބެންކޮކު ޓީމެއްވެސް ބައިވެރިވޭ
އެލައިޑް ހުޅުމާލެ ރަން 2026: ޓާގެޓަކީ 1500 ދުވުންތެރިން، ބެންކޮކު ޓީމެއްވެސް ބައިވެރިވޭ

އެލީޓް ރަނަރސް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ "އެލައިޑް ހުޅުމާލެ ރަން 2026" އަކީ މިއަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފޯރިގަދަ ދުވުމެކެވެ.

މި އިވެންޓުގެ ޓައިޓަލް ސްޕޮންސަރަކީ އެލައިޑް އިންޝުއަރެންސްއެވެ. މި ދުވުމުގައި 1500 ދުވުންތެރިން ބައިވެރިވާނެކަމަށް އިންތިޒާމުކުރާ ފަރާތުން އުންމީދުކުރެއެވެ. މިއީ ދުޅަހެޔޮ ސިއްޙަތެއް ކުރިއެރުވުމަށާއި މުޖުތަމަޢުގެ ގުޅުން ބަދަހިކުރުމަށް ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އެއް ހަރަކާތެވެ.

ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވެސް ހުޅުވާލާފައިވާއިރު، ބައިވެރިވުމުގެ ސުންގަޑިއަކީ މެއި މަހުގެ 10 ވަނަ ދުވަހެވެ.

ކެޓަގަރީތަކާއި އިނާމުތައް

މި ދުވުމުގައި މައިގަނޑު ފަސް ކެޓަގަރީއެއް ވަނީ ހިމަނާފައެވެ. އެއީ 1 މޭލުގެ ދުވުމާއި، 5 ކިލޯމީޓަރު، 10 ކިލޯމީޓަރު، 21.1 ކިލޯމީޓަރުގެ ހާފް މެރެތަންގެ އިތުރުން 21.1 ކިލޯމީޓަރާއި 5 ކިލޯމީޓަރު އެއްކޮށް ދުވުމުގެ ކެޓަގަރީއެވެ.

މި ކެޓަގަރީތަކުގެ ރަޖިސްޓްރޭޝަން ފީ އުޅެނީ 199 ރުފިޔާއިން ފެށިގެން 699 ރުފިޔާއާ ދެމެދުގައެވެ. ފިރިހެން އަދި އަންހެން ބައިވެރިންގެ ތެރެއިން އެންމެ ކުރި ހޯދާ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ކަނއެންމެފަހުން ބޭއްވި ހުޅުމާލޭ ރަންގެ ތެރެއިން-- ފޮޓޯ: ހުޅުމާލޭ ރަންޑައެޅިފައިވާއިރު، އެއްވަނައަށް އަންނަ ފަރާތްތަކަށް 7000 ރުފިޔާއާ ހަމައަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ބައިނަލްއަޤްވާމީ ބައިވެރިންނާއި ޕާޓްނަރުން

މިއަހަރުގެ ދުވުމުގެ އެންމެ ހާއްސަ އެއް ކަމަކީ ތައިލޭންޑުގެ ބެންކޮކުން ހާއްސަ ޓީމެއް މި ދުވުމުގައި ބައިވެރިވުމެވެ. މީގެ ސަބަބުން މި އިވެންޓަށް ބައިނަލްއަޤްވާމީ ފެންވަރުގައި ސަމާލުކަން ލިބިގެންދާނެއެވެ. މި ބައިވެރިންނަކީ ދުވުމުގެ ޕާޓްނަރު ''ވީ ޕައު ތައިލެންޑް'' ގެ ފަރާތުން ތަމްސީލުކުރާ ދުވުންތެރިންނެވެ.

މީގެ އިތުރުން، މެއިން ސްޕޮންސަރުގެ ގޮތުގައި ހަރަކާތްތެރިވާ އެލައިޑް އިންޝުއަރެންސްގެ ފަރާތުން ކޮންމެ ދުވުންތެރިއަކަށް ހިލޭ އެކްސިޑެންޓަލް ކަވަރޭޖް ފޯރުކޮށްދޭނެއެވެ. އަދި އެހެނިހެން ޕާޓްނަރުންގެ އެހީތެރިކަމާއެކު މި ހަރަކާތް އިތުރަށް ފުރިހަމަވެ، ދުވުންތެރިންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދެވޭނެއެވެ.

މި ދުވުމުގެ އޮފިޝަލް ޕާފޯމަންސް ފިއުލް ޕާޓްނަރަކީ ތައިލެންޑުގެ މަގުބޫލު ''ވީ ޕައު ތައިލެންޑް'' އެވެ. ދުވުމުގެ ބައިވެރިންނަށް ބޭނުންވާ މި ބްރޭންޑުގެ ނިއުޓްރިޝަން ޕްރޮޑަކްޓްސް ކޮންމެ ދުވުންތެރިއަކަށް ލިބިގެންދާނެ ކަމަށް ރަނާޒް މޯލްޑިވްސްއިން މައުލޫމާތުދެއެވެ. މި ޕްރޮޑަކްޓަކީ ތައިލެންޑުގެ ވަރުގަދަ ދުވުންތަކާއި ބޮޑެތި އިވެންޓުތަކުގައި ވަނަތަކަށް ދާ އެތުލީޓުންވެސް ބޭނުންކުރާ ސަޕްލިމެންޓެކެވެ.

އެންމެފަހުން ބޭއްވި ހުޅުމާލޭ ރަންގެ ތެރެއިން-- ފޮޓޯ: ހުޅުމާލޭ ރަން

ރަޖިސްޓްރީވުމާއި އިތުރު މަޢުލޫމާތު

މި ދުވުމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިހާރު ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ރަޖިސްޓްރީ ކުރުމަށާއި، ދުވުމުގެ ރޫޓުތަކާއި އެހެނިހެން ތަފްސީލީ މަޢުލޫމާތު ހޯދުމަށް ރަސްމީ ވެބްސައިޓްwww.hulhumalerun.comއަށް ޒިޔާރަތްކުރުމަށް އިންތިޒާމުކުރާ ފަރާތުން އެދެއެވެ.