12 Sep 2012, 13:16
އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ގައުމީ ސަލާމަތާއި ބެހޭ ސިއްރު ނިންމުމެއް ނިންމަވާފައިވާ ކަމަށް ސަރުކާރުގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ ވިދާޅުވީ އިއްޔެ ހަވީރު އޮތް ކެބިނެޓްގެ ބައްދަލުވުމަކީ ގައުމީ ސަލާމަތާ ބެހޭ ކުއްލި ނިންމުމެއް ނިންމަވަން ބޭއްވި ބައްދަލުވުމެއް ކަމަށެވެ. އަދި އެ ނިންމުމަކީ ސިއްރު ނިންމުމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"އެއީ ގައުމީ ސަލާމަތާބެހޭ [ސިއްރު] ނިންމުމެއް،" އައްބާސް ވިދާޅުވި އެވެ.
އިއްޔެ ހަވީރު 5:00 ފެށިގެން ކުރިއަށް ދިޔަ ކެބިނެޓް ބައްދަލުވުގެ ސިއްރު ނިންމެވުމަކީ ސީމެގްގެ މައްސަލައިގައި ބޭއްވި ބައްދަލުވުމެއްތޯ ދެންނެވުމުން ވެސް އައްބާސް ވިދާޅުވީ "އެއީ ގައުމީ ސަލާމަތާ ބެހޭ ނިންމުމެއް ނިންމުމަމަށް ބޭއްވި ބައްދަލުވުމެއް" ކަމަށެވެ. އިތުރު އެއްޗެއް ވިދާޅެއްނުވި އެވެ.