09 Apr 2026, 19:28
މާލޭ ގެއެއްގެ މަތިން މީހަކު ވެއްޓި، ފަރުވާ ދޭން ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
ފުލުހުން މީޑީއާތަކަށް މައުލޫމާތު ދެމުން ބުނީ، މާފަންނު ސަބުދެލިމަގުގައި ހުންނަ ގެއެއްގެ މަތިން މީހަކު ވެއްޓިފައިވާ ކަމުގެ ރިޕޯޓު އިރުއޮއްސި 18:20 ހާއިރު ލިބުނު ކަމަށެވެ.
މި ހާދިސާގައި ވެއްޓުނު މީހާ އައިޖީއެމް ހޮސްޕިޓަލް އަށް ގެންގޮސް ފަރުވާދެމުން އަންނަކަމަށް ބުންޏެވެ.
ވެއްޓުނީ ދިވެއްސެއްކަމެއް ނުވަތަ ބިދޭސީއެއްކަން ހާމަނުކުރެއެވެ. އަދި ކޮން އުމުރެއްގެ އަންހެނެއް ނުވަތަ ފިރިހެނެއްކަން ވެސް ހާމަނުކުރެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނިއިރު، މި ހާދިސާ ހިނގަން މެދުވެރިވިކަމަށް ބެލެވޭ ސަބަބު ވެސް އަދި ފުލުހުން ނުބުނެއެވެ.