މިއަހަރުގެ ތިން ވަނަ ޑިވިޒަން ފުޓްބޯޅަ މުބާރާތް އަންނަ މަހުގެ 15 ވަނަ ދުވަހު ފަށާގޮތަށް ރާއްޖޭގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ (އެފްއޭއެމް) އިން ނިންމައިފި އެވެ.

އެފްއޭއެމް އިން ބުނެފައި ވަނީ، މި އަހަރުގެ ތިން ވަނަ ޑިވިޒަން ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ބޭނުންވެލައްވާ އެ އެސޯސިއޭޝަންގެ މެންބަރު ކުލަބުތަކާއި ޖަމްއިއްޔާ ޖަމާއަތްތަކުން މިމަހުގެ 27 ވަނަ ދުވަހުގެ މެންދުރު ފަހު 2:00ގެ ކުރިން މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް ފުރިހަމަ ކުރުމަށް ފަހު އެފްއޭއެމްއަށް ހުށަހަޅަން ޖެހޭ ކަމަށެވެ.

މީގެއިތުރުން އެފްއޭއެމް އިން ބުނެފައި ވަނީ، އެ އިދާރާގެ މެމްބާޝިޕް ކުލަބް ޖަމިއްޔާ، ޖަމާއަތްތަށް ފިޔަވައި އެސޯސިއޭޓް މެމްބަރު ކުލަބް ޖަމާއަތްތަކަށް ވެސް މިއަހަރުގެ މުބާރާތުގައި ބައިވެރިވެވޭނެ ކަމަށެވެ. އެގޮތުން އެސޯސިއޭޓް މެމްބަރު ކުލަބް ޖަމާއަތްތަކަށް މުބާރާތުގައި ބައިވެރި ވެވެނީ 3000ރ.ގެ ފީއެއް ދެއްކުމުން ކަމަށް އިއްޔެ އެފްއޭއެމްއިން ނެރުނު ޕްރެސް ރިލީސްގައި ބުނެފައިވެ އެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި އަދި މުބާރާތުގެ ޤަވާއިދު އެފްއޭއެމް އިން މިހާރު ވަނީ ދޫކުރަން ފަށައިފަ އެވެ.