12 Sep 2012, 11:45
މަތީ ތަޢުލީމާބެހޭ މަޖިލިސް ރައީސުލް ޖުމްހޫރިއްޔާ އަލުން އެކުލަވައިލައްވައި އެ މަޖިލީހުގެ ރައީސަކަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާޞިމް އަޙްމަދު ހަމަޖައްސަވައިފި އެވެ.
މަތީ ތަޢުލީމާބެހޭ މަޖިލީހުގައި ދެން ހިމެނި ވަޑައިގަންނަވާ ބޭފުޅުންނަކީ، ހެލްތް މިނިސްޓަރު ޑރ. އަޙްމަދު ޖަމްޝީދު މުހައްމަދާއި، ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ދާއިރާއިން ހިއުމަން ރިސޯސަސް، މިނިސްޓަރު މުޙަންމަދު ޙުސައިން ޝަރީފާއި، ފިނޭންސްގެ ދާއިރާއިން ފިނޭންސް މިނިސްޓަރު ޢަބްދުﷲ ޖިހާދާއި، އިކޮނޮމިކް ދާއިރާއިން އިކްނޮމިކް މިނިސްޓަރު އަޙްމަދު މުޙަންމަދާއި، ފިޝަރީޒް ދާއިރާއިން މިނިސްޓަރު އަޙްމަދު ޝަފީއު އާއި ތިމާވެށީގެ ދާއިރާއިން މިނިސްޓަރު ޑރ. މަރްޔަމް ޝަކީލާ އެވެ.
.
މި މަޖިލީހުގައި ދެން ހިމެނި ވަޑައިގަންންވަނީ ސަރުކާރުގެ މަތީ ތަޢުލީމްދޭ ފަރާތްތަކުގެ ދާއިރާއިން ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުޙަންމަދު ޒާހިރު ޙުސައިނާއި، ހަޔާ އެޑިޔުކޭޝަން ދާއިރާއިން މިނިސްޓާ އޮފް ސްޓޭޓް ފޯ އެޑިޔުކޭޝަން އާމިނަތު ޢަލީ އާއި ފަންނީ، އެކަޑަމިކް ދާއިރާއިން ޑރ. އިބްރާހީމް ޙަސަނާއި، އިސްލާމިކް މިނިސްޓަރު މުޙަންމަދު ޝަހީމް ޢަލީ ސަޢީދާއި، އައިޖީއެމްއެޗްގެ ކޮންސަލްޓަންޓް އިން ގައިނަކޮލޮޖީ ޑރ. ޖުމައިލަތު ބޭގަމް އެވެ.
މަތީ ތަޢުލީމުދޭ އަމިއްލަ ފަރާތްތަކުގެ ދާއިރާއިން މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ ވިލާ ކޮލެޖްގެ ރެކްޓާ ޑރ. އަޙްމަދު އަންވަރެވެ. މަތީ ތަޢުލީމާބެހޭ ޤައުމީ މަޖިލިސް ބަލަހައްޓާ އިދާރާއިން މި މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ، ޑިޕާޓްމަންޓް އޮފް ހަޔާ އެޑިޔުކޭޝަންގެ ޑިރެކްޓާ ޖެނެރަލް ފާޠިމަތު ޢާމިރާ އެވެ.