ކ. ގުރައިދޫ އަށް ދިޔަ ފެރީއަކުން އެ ރަށަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 19 ޕެކެޓާ އެކު ހައްޔަރު ކުރީ އުމުރުން 24 އަހަރުގެ މީހެއް ކަމަށެވެ.

އަދި ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށްފައި ވަނީ ފެރީން ފައިބައިގެން ދަނިކޮށް ކަމަށެވެ.

ފަހަކަށް އައިސް އަތޮޅުތެރެއަށް މަސްތުވާތަކެތި އެތެރެ ކުރާ ފަރާތްތަކަށް އަމާޒުކޮށް ފުލުހުން އަންނަނީ ޚާއްސަ އޮޕަރޭޝަންތައް ހިންގަމުން ނެވެ.