އިންޑިއާއިން ހުރިހާ ޚަރަދެއް ހަމަޖައްސައިދޭ ސްކޮލާޝިޕްތަކަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިންޑިއާގެ ހައި ކޮމިޝަނުން ވަނީ އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް (އައިސީސީއާރް)ގެ ފަރާތުން ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވާކަން ހާމަކޮށްފައެވެ.

އެ ޕްރޮގްރާމްގެ ދަށުން ދިވެހި ދަރިވަރުންނަށް ޖުމްލަ 32 ޖާގަ ވަނީ ކަނޑައަޅައިފައެވެ.

އޭގެތެރޭގައި:

  • އަންޑަގްރެޖުއޭޓް ނުވަތަ ޑިގްރީ ފެންވަރުގެ ކޯސްތަކަށް: 20 ޖާގަ

  • އާޓްސް އަދި ކަލްޗާއިން: 10 ޖާގަ
  • ޔޯގާ އަދި ފިޓްނަސްއިން: 2 ޖާގަ

އިންޑިއަން ހައިކޮމިޝަނުން ވަނީ މި ސްކޮލާޝިޕްތަކަށް އެޕްލައިކުރުމުގެ ފުރުސަތު މިމަހުގެ 15 ވަނަ ދުވަހާ ހަމައަށް އޮތްކަން ފާހަގަކޮށްފައެވެ.

އެ ސްކޮލާޝިޕްތަކަށް އައިސިީސީއާރުގެ މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ހައިކޮމިޝަނުން ވަނީ އެދިފައެވެ.