އިއްޔެ އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ރާއްޖޭގެ ފަސް ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ރައީސުންގެ ގޮނޑި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުން ކާމިޔާބު ކުރައްވައިފިއެވެ.

މި އިންތިޚާބުގެ މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކަށް ބަލާއިރު، މާލެ ސިޓީގެ އިތުރުން ހދ. ކުޅުދުއްފުށި، ގދ. ތިނަދޫ، ފުވައްމުލައް އަދި އައްޑޫ ސިޓީގެ ޑަބްލިއުޑީސީ ރައީސުންގެ ގޮނޑި ވެސް ކާމިޔާބުކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.

އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ މާލެ ސިޓީގެ ޑަބްލިއުޑީސީ ރައީސްކަމުގެ މަގާމަށް ވާދަކުރެއްވި ޕީއެންސީގެ ފަރާތުން އާޝިޔަތު އަލައިކާ އާއި އެމްޑީޕީގެ ފަރާތުން އައިޝަތު ރީޝާގެއެވެ. މި ގޮނޑި ކާމިޔާބު ކުރެއްވީ ރީޝާއެވެ.

ސިޓީތަކުގެ ޑަބްލިއުޑީސީ ރައީސުންގެ ގޮތުގައި ހޮވުނު ބޭފުޅުން:

  • އައިޝަތު ރީޝާ (މާލެ ސިޓީ)

  • މަރިޔަމް ޝިއުނާ (ފުވައްމުލައް ސިޓީ)
  • މަރިޔަމް ޝަރޫނާ (ތިނަދޫ ސިޓީ)
  • އައިމިނަތު އިބްރާހިމް (ކުޅުދުއްފުށި ސިޓީ)

މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު، ރާއްޖޭގެ ހުރިހާ ސިޓީތަކެއްގެ މޭޔަރުކަމުގެ ގޮނޑި ވެސް ކާމިޔާބުކޮށްފައިވަނީ އެމްޑީޕީންނެވެ. މިއީ މިހާރުވެސް މަގާމުގައި ތިއްބެވި މޭޔަރުންނެވެ.

ޚާއްސަކޮށް އެންމެ ބޮޑަށް ކެމްޕޭންކުރި ވެރިރަށް މާލެއިން ވެސް ލިބިފައިވަނީ ސަރުކާރުން އުންމީދުކުރިވަރުގެ ނަތީޖާއެއް ވެސް ނޫނެވެ. ހަމަ އެގޮތަށް އައްޑޫ ސިޓީގައި ވެސް ޕީއެންސީން ބޮޑު ކެމްޕޭނެއް ހިންގި ނަަމަވެސް، ނަތީޖާތަކަށް ބަލާއިރު ޕީއެންސީއަށް އެ ސިޓީން ވެސް ލިބުނީ ބޮޑު ނާކާމިޔާބެކެވެ.