ސަނީ ލިއޯންއަށް ހޮލީވުޑްގެ އާ ސީރީސްއަކުން ފުރުސަތު ލިބިއްޖެ
ސަނީ ލިއޯންއަށް ހޮލީވުޑްގެ އާ ސީރީސްއަކުން ފުރުސަތު ލިބިއްޖެ

ބޮލީވުޑްގެ ބަތަލާ ސަނީ ލިއޯންއަށް ހޮލީވުޑްގެ އާ ސީރީޒްއަކުން ފުރުސަތު ލިބިއްޖެއެވެ.

"ދަ ޖަޔަންޓް"ގެ ނަމުގައި އުފައްދާ މި ސީރީސްއިން ސަނީ ފެންނާނީ ޝެރިފެއްގެ ރޯލުން ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ފިލްމު "ކެނެޑީ"އަށް ލިބުނު ބޮޑު ތަރުހީބަށް ފަހު، މި ސީރީޒްގައި ސަނީ ކުޅޭ ކެރެކްޓާއަކީ ބައިނަލްއަގްވާމީ ޕްލެޓްފޯމްތަކުގައި އަނެއްކާވެސް ވިދާލާނެ ސީރީސްއަކަށް ވާނެ ކަމަށް ފިލްމީ ޚަބަރުތަކުން ވަނީ ބުނެފައެވެ.

ކެވިން ބީ، ޕްލޮތް ލިޔެ، އުފައްދާ މި ސީރީޒަކީ ތަފާތު ވާހަކަތައް ގެނެސްދިނުމަށް މަޝްހޫރު، އަސްކަރީ ދާއިރާގެ ތަޖުރިބާކާރުން ހިންގާ "އާޓިމިސް ތިއޭޓްރިކަލް ޕްރޮޑަކްޝަންސް އެލްއެލްސީ"އިން އުފައްދާ ސީރީޒެކެވެ.

މި ސީރީޒްގައި ސަނީ ލިއޯން އަދާކުރާނީ ރިޒަވޭޝަން ޝެރިފް "ކުއާނާ ޑިއާލީފް"ގެ ރޯލެވެ. މިއީ އޭނާގެ ފިލްމީ ކެރިއަރުގައި ކުރިން ފެނިފައިނުވާ ފަދަ އާ ކެރެކްޓާއެކެވެ.

ސަނީ ފިލްމު ޑައިރެކްޓަރު އަނޫރާގް ކަޝްޔަޕްއާ އެކު-- ފޮޓޯ/ އެންޑީޓީވީ

ހޮލީވުޑްގެ މި ޕްރޮޖެކްޓާ ބެހޭގޮތުން ވާހަކަ ދައްކަމުން ސަނީ ބުނީ، މި މަޝްރޫޢަށް އޭނާ ޝައުޤުވެރިވި އެންމެ ބޮޑު ސަބަބަކީ ވެސް ކުރިން ތަޖުރިބާކޮށްފައިނުވާ ކެރެކްޓާއެއް ކުޅެން ފުރުސަތު ލިބުން ކަމަށެވެ.

އެގޮތުން އާ ކެރެކްޓާއެއްގެ ތަޖުރިބާއާ އެކު މުޅިން އާ މާޙައުލަކަށް ނުކުތުމަކީ އަބަދުވެސް އޭނާ ކުރަން ޝައުގުހުންނަ ކަންކަން ކަމަށް "ޖިސްމް 2"ގެ ބަތަލާ ބުނެފައިވެއެވެ. އެހެންކަމުން މި ސީރީސްގައި ކުޅޭ ކެރެކްޓާ އެންމެ ފުރިހަމައަށް ބެލުންތެރިންނަށް ގެނެސްދިނުމަށް ވަރަށް ބުރަކޮށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ސަނީ ވަނީ ސަޕޯޓަރުންނަށް ދީފައެވެ.

ފާއިތުވި އަހަރުތަކުގައި ސަނީ ލިއޯނީ ވަނީ ފިލްމީ ދާއިރާގެ އެކި އުފެއްދުންތަކާއި، އެކި ބަސްބަހުގެ ފިލްމުތަކުގައި ތަފާތު ރޯލުތައް އަދާކޮށްފައެވެ.

ސަނީ އަންނަނީ މި އަހަރު އެކަނި ވެސް ހަތަރު ފިލްމީ ޕްރޮޖެކްޓެއްގައި މަސައްކަތް ކުރަމުންނެވެ. އޭގެތެރޭގައި މަޅަޔާލަމް ދެ ފިލްމާއި ހިންދީ ދެ ފިލްމު ހިމެނެއެވެ.