04 Apr 2026, 22:25
މައި ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށް، މި ސަރުކާރުން ގާނޫނުއަސާސީއަށް ގެންނަން އުޅުނު އިސްލާހާ ދެކޮޅަށް ގިނަ ބަޔަކު ވޯޓު ދީފައިވާ ކަމަށް ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.
މިއަދު ވަނީ، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު ބާއްވައިފައެވެ. އަދި، މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭ ގޮތުން ޚިޔާލު ހޯދުމުގެ ވޯޓު ވެސް ނަގައިފައިވެއެވެ.
ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއިން، "ސަން"އަށް މިހާތަނަށް 6،033 ވޯޓެެއްގެ ނަތީޖާ ލިބިފައިވާއިރު، 70 ޕަސެންޓް މީހުން ވަނީ ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ދެކޮޅަށް ވޯޓު ދީފައެވެ. ދެ އިންތިޚާބު އެއްކޮށް ބާއްވަން ވޯޓު ދިނީ 30.9 ޕަސެންޓް މީހުން ކަމަށް އެ ވޯޓުތަކުން ދައްކައެވެ.
މިއަދު ހެނދުނު 8:00ގައި ވޯޓުލުން ފަށައި، ކިޔޫތައް ބަންދުކޮށްފައިވަނީ 17:00ގައެވެ. އޭގެ ފަހުން ވޯޓު ގުނުމުގެ މަސައްކަތްތައް އަދިވެސް އަންނަނީ ކުރަމުންނެވެ.
ތަފުސީލް އަންނަނީ...