03 Sep 2010, 11:59
17:00
ވ. އަތޮޅު ފުލިދޫން ރޭ ފަތިހު ކެނޯއެއްގައި މަހަށް ނުކުމެ އުޅެނިކޮށް ގެއްލުނު މީހާ މަހަށް ނުކުތް ކެނޯ ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެ ކެނޯ ފެނިފައި ވަނީ ފުލިދޫ ހުޅަނގު ދެކުނުން މޭލެއް ބޭރުން ކަމަށާއި އޭނާ ހޯދުމަށް މަސައްކަތް ކުރާ ދޯނިފަހަރު މިހާރު ހަރަކާތްތެރިވަނީ އެ ސަރަހައްދު ބެލުމަށް ކަމަށް ވެސް އެމްއެންޑީއެފުގެ ކޯސްޓްގާޑުން މިއަދު މެންދުރު ފަހު ބުންޏެވެ.
ރޭ ފަތިހު 5:30 ހާކަންހާއިރު މަހަށް ނުކުތް ފުލިދޫ، މިރުސްމާގެ އަދުނާނު ޔޫސުފު 59، ހޯދުމަށް މަސައްކަތް ކުރަނީ ކޯސްޓްގާޑާއި ފުލިދޫ ދޯނިފަހަރާއި އަލިމަތަ އަދި ދިއްގިރީގެ ދޯނިތަކުން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.