އަސަރާއެކު ސިޔާމް: ރައްޔިތުންގެ މުހުތާދުތައް ފުއްދައިދީ، ހާލުގައި ޖެހިފައިވާ މީހުންނަށް ސަރުކާރުން އެހީވެދީ
އަސަރާއެކު ސިޔާމް: ރައްޔިތުންގެ މުހުތާދުތައް ފުއްދައިދީ، ހާލުގައި ޖެހިފައިވާ މީހުންނަށް ސަރުކާރުން އެހީވެދީ

ރައްޔިތުންގެ މުހުތާދުތައް ފުއްދައިދިނުމަށާއި ހާލުޖެހިފައިވާ މީހުންނަށް އެހީވުމަށް އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު އަސަރާއެކު، ސަރުކާރަށް ގޮވާލައްވައިފިއެވެ.

އަސަރާއެކު ސިޔާމް: ރައްޔިތުންގެ މުހުތާދުތައް ފުއްދައިދީ، ހާލުގައި ޖެހިފައިވާ މީހުންނަށް ސަރުކާރުން އެހީވެދީ
އަސަރާއެކު ސިޔާމް: ރައްޔިތުންގެ މުހުތާދުތައް ފުއްދައިދީ، ހާލުގައި ޖެހިފައިވާ މީހުންނަށް ސަރުކާރުން އެހީވެދީ

އިއްޔެ ދ. ބަނޑިދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި އެ މަނިކުފާނު ވިދާޅުވީ، ހަދާނެ ގޮތެއް ނެތިފައި އެތައް ރައްޔިތުންނެއް އެނދުމަތިވެފައި އެބަތިބި ކަމަށާއި އެހީއަކަށް އެދި އެ މީހުން އާދޭސް ކުރާ ކަމަށެވެ.

އަސަރާއެކު ސިޔާމް: ރައްޔިތުންގެ މުހުތާދުތައް ފުއްދައިދީ، ހާލުގައި ޖެހިފައިވާ މީހުންނަށް ސަރުކާރުން އެހީވެދީ
އަސަރާއެކު ސިޔާމް: ރައްޔިތުންގެ މުހުތާދުތައް ފުއްދައިދީ، ހާލުގައި ޖެހިފައިވާ މީހުންނަށް ސަރުކާރުން އެހީވެދީ

މިގޮތުން، ދ. އަތޮޅުގެ ގިނަ ރަށްތަކަކުން އާސަންދަ ނުލިބި ތިބި އެތައް ބަޔަކާ ބައްދަލުވިކަން ސިޔާމް ފާހަގަކުރެއްވިއެވެ.

ސިޔާމް ބަނޑިދޫ ރައްޔިތުންނާ ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ އާއިޝް އަޝްރަފް

ކޮބައިތޯ އާސަންދައިން ޚަރަދުކުރާ ފައިސާތައް. ކޮންތާކަށް ތޯ އެ ދަނީ. ކޮބައިތޯ އާސަންދައިން އަޅުގަނޑުމެންގެ ރައްޔިތުންނަށް ދޭން ޖެހޭ ހައްގުތައް. އާސަންދައަކީ ކީއްކުރާ އެއްޗެއްތޯ މިއަދުމީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު

ރައްޔިތުންނަށް އާސަންދަ ނުދެވޭއިރު، އެ ސްކީމު ޚިޔާނާތްވުމަށް ބޭނުންކުރަނީ ކީއްވެތޯ އެ މަނިކުފާނު ސުވާލު އުފެއްދެވިއެވެ. މިގޮތުން، އާސަންދައިގެ ތެރޭގައި އެ ކަން އޮތް ގޮތް ވެސް ސިޔާމް ކިޔައިދެއްވިއެވެ.

"ކޮންޓްރެކްޓު ދޭ މީހާ ކޮމިޝަން ނަގާ. އެމްބަސީގައި ހުންނަ މީހާ ކޮމިޝަން ނަގާ. ހޮސްޕިޓަލުގައި މެނޭޖަރަށް ހުންނަ މީހާ ކަމިޝަން ނަގާ. ކޮންޓްރެކްޓުދޭ މީހާ ކޮމިޝަން ނަގާ. ނެގީމަ ބިލަށް 50 ޑޮލަރު އަރާ ކަމަށް ވަންޏާ 500 ޑޮލަރު އެބަ އަރާ"

މީގެއިތުރުން، ރައްޔިތުންނަށް ދޭން ޖެހޭ ބޭސް ގުޅައަށް ޚިޔާނާތްތެރިވާ ބަޔަކު ޚިނާޔާތްތެރިނުވާނީ ކޮން ކަމަކުތޯ އެ މަނިކުފާނު ސުވާލު އުފެއްދެވިއެވެ. މިއީ މިދިޔަ ހުރިހާ ސަރުކާރުތަކެއްގައި ވެސް ކަންކަން ވަމުން އައި ގޮތް ކަމަށް ކަންބޮޑުވުމާއެކު، ސިޔާމް ފާހަގަކުރެއްވިއެވެ.

ސިޔާމް ބަނޑިދޫ ރައްޔިތަކާ އެކީ ފޮޓޯއެއް ނަންގަވަނީ --- ސަން ފޮޓޯ/ އާއިޝް އަޝްރަފް

ދައުލަތަށް ކޮންމެ ރައްޔިތަކު ޓެކްސް ދައްކާއިރު، އެ ފައިސާއިން ރައްޔިތުންގެ ހައްގުތައް ހިޔާމަތް ކުރުމަށް ބޭނުންވާ ކަމަށް ސިޔާމް ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭގައި ވަރަށް ގިނަ އިގުތިޞާދީ މަސައްކަތްތައް ކުރެވޭނެ ކަމަށާއި އަބަދުވެސް ދައްކަނީ ކުރާ ވާހަކަ ކަމަށެވެ. ނަމަވެސް، ފަސް ވެރިއަކު ވެރިކަން ކުރިއިރު، ވާ ކަމެއް ނޯންނަ ކަމަށާއި ގައުމަށް ޚިޔާނާތްތެރިވެފައި ދަނީ ކަމަށް ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ފާހަގަކުރެއްވި ގޮތުގައި، ރައްޔިތުންގެ ފައިސާ ހުރި ނަމަވެސް އެއަށް ޚިޔާނާތްތެރިވާ މިންވަރު މާ ބޮޑީއެވެ.
ސިޔާމް ކުޑަކުއްޖެއް ކައިރީގައި މަޑުކޮށްލައްވައިގެން --- ސަން ފޮޓޯ/ އާއިޝް އަޝްރަފް
ސިޔާމްގެ ވާހަކަ ނިންމަވާލެއްވީ، އަސަރާއެކު ސަރުކާރަށް އިލްތިމާސެއް ކުރައްވަމުންނެވެ.
ބަލިވެފައި ތިބި މީހުން އަޅާލަދެއްވާށޭ. ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީތެރިވެދޭށޭ. ރައްޔިތުންގެ މުހުތާދުތައް ފުއްދައިދެއްވާށޭ. ހަމަ އަސަރާއެކު މި ވާހަކަ ސަރުކާރަށް މި ދެންނެވީމީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު
ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ރައްޔިތުން ދެކެ ލޯބިވާން ދަންނާނެ ބޭފުޅެއް ކަމަށް ސިޔާމް ވިދާޅުވިއެވެ. އަދި، ރައްޔިތުންނަށް ދިމާވާ ދަތިތަކުގައި އެ މަނިކުފާނު ރަނގަޅަށް ކަންކަން ކޮށްދެއްވާނެ ކަމަށް ސިޔާމް އުއްމީދުކުރައްވައެވެ.