އދ. ފެންފުށި ކައިރީގައި އޮންނަ ވޭލް ޝާކް ޕޮއިންޓަށް މޫދަށް އެރި އުޅުނު ފަތުރުވެރިއަކު، ދޯންޏެއްގެ ބުރަފަތީގައި ޖެހި މަރުވެއްޖެއެވެ.

ފުލުހުން ބުނި ގޮތުގައި، މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 09:59 އެހައިކަންހާއިރެވެ. މި ހާދިސާގައި މަރުވެފައިވަނީ ޖަރުމަނުވިލާތަށް ނިސްބަތްވާ ފިރިހެން ފަތުރުވެރިއެއްކަމަށް ބުންޏެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، މިކަމުގައި އިހުމާލެއް އޮތްތޯ ބެލުމަށް ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ވޭލް ޝާކް ޕޮއިންޓަކީ އާންމުކޮށް ގިނަ އަދަދެއްގެ ފަތުރުވެރިން އެރި އުޅޭ ސަރަހައްދެކެވެ.