އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަން ބަލިކޮށް 20 އަހަރުން ދަށުން އަންހެނުންގެ ވޯލްޑް ކަޕްގެ ތަށި އެމެރިކާ އިން އުފުލާލައިފި އެވެ.

ޖަޕާނުގެ ޓޯކިޔޯގައި ކުޅުނު މިމެޗް އެމެރިކާ އިން ކާމިޔާބު ކުރީ 1-0 ލަނޑުން ނެވެ.

މެޗްގައި އެމެރިކާ އިން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައި ވަނީ މެޗްގެ 41 މިނިޓްގައި ކިއެލާ އޮހާއީ އެވެ.

ފައިނަލް މެޗަށް ފަހު އެމެރިކާ އަށް ގޯލް ކާމިޔާބު ކޮށްދިން ކިއެލާ ބުނީ، ޖަރުމަން ބަލިކޮށް މުބާރާތުގެ ތަށި އުފުލާ ލުމުން އުފާވާ ކަމަށާއި މިލިބުނު ނަތީޖާ އަކީ އެމެރިކާގެ އަންހެނުންގެ ފުޓުބޯޅައަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ. އަދި މެޗުގެ ފުރަތަމަ ހާފު ޖަރުމަނުގެ ގޯލް ފޫއަޅުވާލެވުމުން ޓީމުގެ ހުރިހާ ކުޅުންތެރިންގެ އަމާޒަކަށް ވެފައި ވަނީ މެޗު ކާމިޔާބު ކުރުން ކަމަށެވެ.

މިމުބާރާތުގެ ތިންވަނަ ހޮވި މެޗް ކާމިޔާބު ކުރީ ޖަޕާނެވެ. ޖަޕާން ތިން ވަނަ ހޯދީ 2-1 ލަނޑުން މެކްސިކޯގެ މައްޗަށް ކުރި ހޯދައިގެންނެވެ.