ތިބާއީ މުސްލިމެކެވެ. ކޮންމެ މުސްލިމަކު ވެސް މި 10 ކަންތަކަށް ރައްކާތެރިވެ ހުރެވޭތޯ ބަލަން ވާނެއެވެ. ޚާއްޞަކޮށް ޒުވާނުން މި ކަމަށް ސަމާލުވާށެވެ!

1- ނަމާދު ނާޅާށެވެ!

ނުކޮށް ދޫކޮށްލެވޭ ކޮންމެ ނަމާދެއްގެ ސަބަބުން ތިބާގެ ހިތުގައި ހުސްކަމެއް އުފައްދައެވެ.

ނަމާދަކީ ތިބާގެ ޙަޔާތް އޮޔާދިޔަނުދީ ހިފަހައްޓައިދޭ ނަގިލިކަމުގައި ދެކެންވާނެއެވެ. އެ ނަގިލި ދޫކޮށްނުލާށެވެ.

2- މައިންބަފައިންނަށް ނުބައި ބަޔަކަށް ނުވާށެވެ!

ތިބާގެ މައިންބަފައިންނަކީ، ތިބާ ސުވަރުގެއަށް ދިޔުމަށް ހުރި ދޮރޯއްޓެކެވެ.

އެ މީހުންގެ ދުޢާ، އުސް މިންތަކަށް ތިބާ އުފުއްލައިދޭނެއެވެ. ނުވަތަ އެ މީހުންގެ ހިތްދަތިކަން ތިބާ ނިކަމެތިކޮށްފާނެއެވެ. އެ ދެ މީހުންނާ މެދު ވެސް މަޑުމޮޅިވެ ކަރާމާތްތެރި ވާށެވެ.

3- ހުތުރު ބަސްތައް ބޭނުން ނުކުރާށެވެ!

ތިބާގެ ދޫ، ތިބާގެ އަޚުލާޤު ބިނާކޮށްދެއެވެ. ރީތި ޠާހިރު ރަނގަޅު ވާހަކަދައްކާށެވެ. ނޫނީ ބަސް ނުކިޔާ ހިމޭނުން ހުންނާށެވެ. ޤަދަރުވެރިކަން ފެށެނީ ބޭނުންކުރާ ބަސްމަގުންނެވެ.

4- މީސްމީޑިއާގައި ވަގުތު އިސްރާފުނުކުރާށެވެ!

މަންސަތަކާއި އޮޅިއޮޅީގައި ހުއްޓުމެއް ނުވެއެވެ. އެއީ ހުސްނުވާ ފީތާއެއް ފަދަ އެއްޗެކެވެ. ޒުވާން އުމުރު ހުސްވެ ގޮސް ތިބާގެ ދުނިޔެއާއި އާޚިރަތް ގެއްލިދިޔުމުގެ ކުރިން އެ ވަގުތު ސަލާމަތްކުރާށެވެ.

5- މިޔުޒިކަކީ ތިބާގެ ހިތުގެ ކާނާއަށް ނުހަދާށެވެ!

ތިބާގެ ކަންފަތުން ވަންނަ ކޮންމެ އެއްޗެއް ފޯރަނީ ތިބަގެ ރޫޙާނިއްޔަ ނަފުސަށެވެ.

މާތް ﷲގެ ހަނދުމަކުރުމާއި އެއިލާހާ އޮންނަ ގުޅުން ފަނޑުކުރާ ކޮންމެ އެއްކަޗާއި ކަމަކުން ތިބާގެ ހިތް ސަލާމަތްކުރާށެވެ.

6- އަނެއް ޖިންސުގެ މީހާއާ ގާތްވެއުޅުން ފަސޭހަކަމަކަށް ނުހަދާށެވެ!

އިންތަކާއި މިންތަކަކީ މުސްކުޅި ބޯދާ ވައްޓަފާޅިއެއް ނޫނެވެ. އެއީ ރައްކާތެރިކަމެކެވެ.

ފުސްވެ ގޮސް ސާފުކޮށް އިންފާރު ފެންނަން ނުހުންނަ ދިމަދިމައިގައި ޝައިޠާނާ އޭނާގެ މަސައްކަތް ގަދަޔަށް ކުރެއެވެ. އިންފާރުތައް ސާފުކޮށް އެނގޭނޭހެން އިންކޮށް މިންކޮށް ވަކިކުރާށެވެ.

7- ޤުރުއާނަށް އިހުމާލު ނުވާށެވެ!

ތިބާއަށް ފޮނުއްވެވި ފޮތް ނޫން އެހެން ހުރިހާ އެއްޗެއް ތިބާ އެބަ ކިޔަމުއެވެ.

ދުވާލަކު އެންމެ އާޔަތަކުން ފަށަމާ ހިނގާށެވެ! ޤުރުއާން، ތިބާގެ ބުއްދިއާއި އަޚުލާޤު ބިނާކުރިޔަދޭށެވެ.

8- ދެއްކުންތެރި މަގުން ހެޔޮ ޢަމަލުނުކުރާށެވެ!

ލައިކް ހޯދަން އުޅުމަކީ އިޚްލާޞްތެރިކަން ނެތިދާ ސަބަބެކެވެ.

ވީހާ ވެސް ސިއްރުން ހެޔޮ ޢަމަލުކުރާށެވެ. ﷲގެ ޙަޟްރަތުން ލިބޭ އަޖުރާ ދަރުމަ، މީސްތަކުންގެ ފުށުން ލިބޭ އެއްޗަކަށްވުރެ މާ މަތިވެރިއެވެ.

9- ލަދުޙަޔާތް ކަނޑުވައިނުލާށެވެ!

ލަދުވެތިކަމަކީ ބާރުވެރިކަމެކެވެ. ނިކަމެތިކަމެއް ނޫނެވެ. ތިބާގެ އަންނައުނުންނާއި ބަސްމަގުންނާއި އަމިއްލަ ނަފުސަށް ކުރާ އިޚްތިޔާރުތަކުން އެ ލަތުވެތިކަން ދައްކާށެވެ.

10- ތައުބާވުން ފަސްނުކުރާށެވެ!

ޝައިޠާނާގެ އެންމެ ބޮޑު ދަންތުރައަކީ، "އަދު ނޫން މާދަމާ" ކަމުގައި ވިސްނައިދިނުމެވެ. މާދަމާއަކީ އެއްވެސް މީހަކަށް ޔަޤީންކޮށްދެވޭނެ އެއްޗެއް ނޫނެވެ. މިއަދު ތައުބާވެ، ﷲ ޙަޟްރަތަށް އެނބުރި އަންނާށެވެ.

މިއީ މުޅިން ވެސް ހަނދާންކޮށްދިނުމެވެ. ހަނދާންކޮށްދިނުމަކީ މުސްލިމުންނަށް މަންފާކުރާނެ ކަމެވެ. ﷲގެ ނިޢުމަތްތަކުގައި އުފަލުގައި އުޅުމުގެ ތައުފީޤު އެއިލާހު ދެއްވީ ކީއްވެކަމާ މެދު ވިސްނާށެވެ! ޚިޔާލުކުރާށެވެ! އެންމެ ތަނަވަސް މީހާއަކީ އެ މީހެއްގެ ނަފުސައިގެން ސާދާ އަބުރުވެރި ދިރިއުޅުމެއް އުޅެވޭ މީހާއެވެ. މި ދެންނެވި 10 ކަންތައް ތިބާގެ ޙަޔާތުގައި އަށަގަންނަވައިފިއްޔާ، ﷲގެ އިރާދަފުޅުން ތިބާގެ ޙަޔާތަކީ އެންމެ ތަނަވަސް ހަޔާތް ކަމުގައި ވާނެއެވެ.