މިއަދު ހުޅުވި ގއ. ކުއްޑޫ އެއާޕޯޓަށް ދުވާލަކު ފުލައިޓެއް އޮޕަރޭޓް ކުރާ ގޮތަށް ގައުމީ، އެއާލައިން މޯލްޑިވިއަންއިން ނިންމައިފި އެވެ.

އެއާޕޯޓް ހުޅުވުމުގެ ގޮތުން މޯލްޑިވިއަންގެ ފުރަތަމަ ފްލައިޓް މިއަދު މެންދުރު ވަނީ ކޫއްޑޫއަށް ޖައްސައިފަ އެވެ. މޯލްޑިވިއަން އިން ބުނީ މިއަދުން ފެށިގެން ކޮންމެ ދުވަހަކު ވެސް އެއް ފްލައިޓް ކޫއްޑޫއަށް ދަތުރުކުރާނެ ކަމަށެވެ. ނަމަވެސް ޑިމާންޑް އިތުރުވާ ވަރަކަށް ފްލައިޓްތައް އިތުރުކުރާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ކޫއްޑުއަކީ ރާއްޖޭގައި ހަވަނަ އަށް ހުޅުވި ޓޮމެސްޓިކް އެއާޕޯޓެވެ. އެ ކުންފުނިން ކުޑޫއަށް ކުރާ ދަތުރުތަކުގައި އެއްކޮޅު ޓިކެޓެއްގެ އަގަކީ 1510ރ. އެވެ. ދެކޮޅު ޓިކެޓްގެ އަގަކީ 3021ރ. އެވެ. މޯލްޑިވިއަން ގއ. ކާޑެއްދޫއަށް ވެސް ދަތުރުތައް ކުރަނީ ހަމަ މި އަގުގަ އެވެ.

ކޫއްޑޫއަކީ ހަ ވަނަ އަށް ހުޅުވި ޑޮމެސްޓިކް އެއާޕޯޓެވެ. ކޫއްޑޫ އެއާޕޯޓަކީ ސިންގަޕޫރުގެ ބޮނަވިސްތާ އިން އިންވެސްޓްކޮށްގެން ކޭއެޗްއޭ ރިސޯޓްސްއިން ހަތް މަސްދުވަހުގެ ތެރޭގައި ބިނާކުރި އެއާޕޯޓެކެވެ.