ފިލްމު 'ޗާންދް މޭރާ ދިލް' ރިލީޒްކުރުން އަނެއްކާވެސް ފަސްކޮށްފި
ފިލްމު 'ޗާންދް މޭރާ ދިލް' ރިލީޒްކުރުން އަނެއްކާވެސް ފަސްކޮށްފި

ބޮލީވުޑްގެ ޒުވާން ފިލްމީ ތަރިން ކަމަށްވާ އަނަންޔާ ޕާންޑޭ އާއި ލަކްޝް ލަލްވާނީ މުހިންމު ރޯލުތަކުން ފެނިގެންދާ ފިލްމު "ޗާންދް މޭރާ ދިލް" ސިނަމާތަކަށް ނެރުން ފަސްކޮށްފިއެވެ.

ކުރިއަށް އޮތް އޭޕްރީލް މަހު ކުރިން ރިލީޒްކުރާނެކަން އިއުލާނުކޮށްފައިވާ ފިލްމު މިހާރު ރިލީޒްކުރަން ނިންމާފައި ވަނީ މި އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހަށެވެ.

ޑައިރެކްޓަރު ވިވެކް ސޯނީ އުފައްދާ މި ފިލްމަކީ އަނަންޔާ އާއި ލަކްޝްޔާ އެކީގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. މި ފިލްމަކީ ދެ ޒުވާނެއްގެ މެދުގައި އުފެދޭ ލޯބީގެ ގުޅުމުގެ މައްޗަށް ބިނާކޮށް އުފައްދާ ވަރަށް ރީތި ލޯބީގެ ވާހަކައެއް ކިޔައިދޭނެ ފިލްމެއް ކަމަށް ދަރުމާއިން ވަނީ ބުނެފައެވެ.

މި ފިލްމުގެ ޕޯސްޓަރުތައް ހިއްސާކުރަމުން ފިލްމުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރް ވަނީ މިއީ ތަފާތު އަދި ފުން ލޯބީގެ ވާހަކައެއް ބެލުންތެރިން ތަޖުރިބާކުރާނެ ފިލްމެއް ކަމަށް ބުނެފައެވެ.

ފިލްމު "ޗާންދް މޭރާ ދިލް"ގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ

ފިލްމު "ޗާންދް މޭރާ ދިލް"އަކީ ލަކްޝް ސިނަމާތަކުން ފެންނާނެ އެކްޓަރުގެ ދެވަނަ ފިލްމެވެ. އޭނާގެ ފުރަތަމަ ފިލްމަކީ ދަރުމާއިން ގެނެސްދިން ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި އެކްޝަން ތުރިލާ ފިލްމު "ކިލް"އެވެ.

އެ ފިލްމަށްފަހު ލަކްޝް ދެން ފެނުނީ ޝާހްރުކް ޚާންގެ ދަރިފުޅު އަރްޔަން ޚާންގެ ފުރަތަމަ ޑައިރެކްޝަން ކަމަށްވާ "ބޭޑްސް އޮފް ދަ ބޮލީވުޑް" ސީރީސްއިންނެވެ.