އެޑްވަޓޯރިއަލް: މުޅި ދުނިޔޭގައި އެންމެ ތެޔޮ ޚަރަދު ކުޑަ ވެއިޗާއީ ޖަނަރޭޓަރާއި އިންޖީނު ލިއޯ ސްޓޯރ އެންޑް ސަޕްލައިން
އެޑްވަޓޯރިއަލް: މުޅި ދުނިޔޭގައި އެންމެ ތެޔޮ ޚަރަދު ކުޑަ ވެއިޗާއީ ޖަނަރޭޓަރާއި އިންޖީނު ލިއޯ ސްޓޯރ އެންޑް ސަޕްލައިން

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އިންތިހާއަށް އުފުލެމުންދާ މި ދަނޑިވަޅުގައި އަޅުގަނޑުމެންނަށް ކުރެވެން އޮތް ކަމަކީ ތެޔޮ ބޭނުންކުރަންޖެހޭ މިންވަރު މަދުކުރުމެވެ. އެންމެ ގިނައިން ތެޔޮ ބޭނުންކުރަންޖެހެނީ އެއްގަމާއި ކަނޑުގައި ބޭނުންކުރާ ޖަނަރޭޓަރުތަކާއި އިންޖީނުތަކުގައެވެ.

އެޑްވަޓޯރިއަލް: މުޅި ދުނިޔޭގައި އެންމެ ތެޔޮ ޚަރަދު ކުޑަ ވެއިޗާއީ ޖަނަރޭޓަރާއި އިންޖީނު ލިއޯ ސްޓޯރ އެންޑް ސަޕްލައިން
އެޑްވަޓޯރިއަލް: މުޅި ދުނިޔޭގައި އެންމެ ތެޔޮ ޚަރަދު ކުޑަ ވެއިޗާއީ ޖަނަރޭޓަރާއި އިންޖީނު ލިއޯ ސްޓޯރ އެންޑް ސަޕްލައިން

ލިއޯ ސްޓޯރ އެންޑް ސަޕްލައިއިން ޑިސްޓްރިބިއުޓް ކުރާ ވެއިޗާއީ ޖަނަރޭޓަރާއި އިންޖީނުތަކަކީ ދުނިޔޭގައި މިވަގުތު އެންމެ ތެޔޮ ޚަރަދު ކުޑަ ޖަނަރޭޓަރާއި އިންޖީނުތަކެވެ. އެގޮތުން އެހެން ޖަނަރޭޓަރުތަކާއި އިންޖީނުތަކާ އަޅާ ބަލާއިރު 30 ޕަސެންޓާ ހަމައަށް ތެޔޮ ޚަރަދު ކުޑަކޮށްދެއެވެ.

ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާއި ހަނގުރާމަތަކުގެ ސަބަބުން އިގުތިސާދީ ނުތަނަވަސްކަން އިތުރުވެ، ރާއްޖޭގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން، ވިޔަފާރިތަކުން މިހާރު އެންމެ އިސްކަމެއްދެނީ ޚަރަދު ކުޑަ އަދި އިތުބާރު ހިފޭ ހަކަތައިގެ ވަސީލަތްތައް ހޯދުމަށެވެ.

ވެއިޗާއީއަކީ ދުނިޔޭގެ ފެންވަރުގައި މަގުބޫލުކަން ހޯދާފައިވާ، އިތުބާރު ހިފޭ ބްރޭންޑެއް --

އެހެންކަމުން ލިއޯ ސްޓޯސް އެންޑް ސަޕްލައިއިން މިވަނީ މިކަމަށް ހައްލެއް، އުންމީދެއް ގެނެސްދީފައެވެ. އެއީ "ވެއިޗާއީ" އިންޖީނާއި ޖަނަރޭޓަރުތަކެވެ.

އެހެން އިންޖީނުތަކާ އަޅާބަލާއިރު ތެޔޮ ބޭނުންކުރާ މިންވަރު 30 އިންސައްތައާ ހަމައަށް ކުޑަކޮށްދޭ މި އިންޖީނުތަކަކީ، ރާއްޖޭގެ ބާޒާރުގައި މިހާރު ލިބެންހުރި އެންމެ ޚަރަދުކުޑަ އަދި އެންމެ އެފިޝަންޓް އުފެއްދުންތަކެވެ.

މިފަދަ ދަނޑިވަޅެއްގައި، "ވެއިޗާއީ" އިންޖީނުތަކަކީ ބާޒާރުގައި ހުރި އެންމެ ފައިދާހުރި އެއް ފުރުސަތަށް ވާއިރު، މި ބްރޭންޑުގެ އިންޖީނު ވިއްކުމަށް ކަނޑައަޅާފައިވާ ހަމައެކަނި ރަސްމީ ޑިސްޓްރިބިއުޓަރަކީ ވެސް ލިއޯ ސްޓޯސް އެންޑް ސަޕްލައިއެވެ.

ވެއިޗާއީ އަކީ މަތީ ފެންވަރުގެ ޑީސަލް އިންޖީނާއި، ކަނޑާއި އެއްގަމުގައި ބޭނުންކުރާ ޖަނަރޭޓަރު ސެޓުތަކުގެ އިތުރުން، ބަރު މެޝިނަރީޒް އުފެއްދުމުގައި ދުނިޔޭގެ ފެންވަރުގައި މަގުބޫލުކަން ހޯދާފައިވާ، އިތުބާރު ހިފޭ ބްރޭންޑެކެވެ.

ވެއިޗާއީ ޚިޔާރު ކުރުމުން، އެހެން ޖަނަރޭޓަރުތަކާއި އިންޖީނުތަކާ އަޅާ ބަލާއިރު 30 ޕަސެންޓާ ހަމައަށް ތެޔޮ ޚަރަދު ކުޑަކޮށްދޭ --

ވެއިޗާއީގެ އުފެއްދުންތަކަކީ އޭގެ ވަރުގަދަކަމާއި، ތެލަށް ކުރާ ހޭދަ ކުޑަވުމާއި، އެންމެ ފަހުގެ އިންޖިނިއަރިން ފަރުމާތަކުގެ ސަބަބުން ދަތުރުފަތުރާއި، ކަނޑުގެ އުޅަނދުފަހަރާއި، އިމާރާތްކުރުމުގެ ދާއިރާގެ އިތުރުން ހަކަތަ އުފައްދާ ސިނާއަތްތަކުގައި މުޅި ދުނިޔޭގައި ވެސް ބޮޑު އިތުބާރެއް ހޯދާފައިވާ އުފެއްދުންތަކެކެވެ.

ވެއިޗާއީގެ ރަސްމީ ޑިސްޓްރިބިއުޓަރުގެ ހައިސިއްޔަތުން، ލިއޯ ސްޓޯސް އެންޑް ސަޕްލައިއިން ކަސްޓަމަރުންނަށް ބޭނުންވާ ފުރިހަމަ އާފްޓާ-ސޭލްސް ސާވިސް ފޯރުކޮށްދެއެވެ. މީގެ ތެރޭގައި ވައިޗާގެ އަސްލު ސްޕެއާޕާޓްސް ރާއްޖެއިން ފަސޭހަކަމާއެކު ލިބެން ހުރުމާއި، ވެއިޗާއީއިން ތަމްރީނުކޮށް ސެޓްފިކެޓް ދީފައިވާ ފަންނީ މާހިރުންގެ އެހީތެރިކަން ލިބޭނެއެވެ. މިއީ ދެމެހެއްޓެނިވި ގޮތުގައި އިންޖީނުތަކުގެ ފެންވަރު ހިފެހެއްޓުމަށާއި ކަސްޓަމަރުންގެ ހިތްހަމަޖެހުމަށް ލިބިގެންދާ ބޮޑު ޔަގީންކަމެކެވެ.