ފޭސް އެކެއްގައި ގާއިމްކޮށްފައިވާ ފްލެޓުތަކުގެ އާބާތުރަފިލުވުމުގެ މަސައްކަތް އެޗްޑީސީއިން ފަށައިފި
ފޭސް އެކެއްގައި ގާއިމްކޮށްފައިވާ ފްލެޓުތަކުގެ އާބާތުރަފިލުވުމުގެ މަސައްކަތް އެޗްޑީސީއިން ފަށައިފި

ހުޅުމާލޭ ފޭސް އެކެއްގައި ގާއިމްކޮށްފައިވާ 704 ފްލެޓު އިމާރާތެއްގެ އާބާތުރަފިލުވުމުގެ މަސައްކަތް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީއިން ފަށައިފިއެވެ.

ފޭސް އެކެއްގައި ގާއިމްކޮށްފައިވާ 704 ފްލެޓުތައް ސާފުކުރުމާއި މެއިންޓެނެންސް ކުރުމުގެ މަސައްކަތް އެޗްޑީސީއާ ރަސްމީކޮށް ހަވާލުކުރުމާ ގުޅިގެން އެ ފްލެޓުތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ފަށާފައި ވަނީ މިދިޔަ އަންގާރަ ދުވަހެވެ.

ފޭސް1 ގައި ގާއިމްކޮށްފައިވާ ފްލެޓުތަކުގެ އާބާތުރަފިލުވުމުގެ މަސައްކަތް އެޗްޑީސީއިން ފަށައިފި---

ހައުސިން ޑިވޮލޮލްމެންޓް ކޯޕަރޭޝަން، އެޗްޑީސީއިން ހުޅުމާލޭގައި ހުންނަ ކޮންމެ ހައުސިން ޔުނިޓެއްގެ މެއިންޓަނެންސަށް ވެސް މެއިންޓެނެސް ފީއެއްގެ ގޮތުގައި 1000 ރުފިޔާ އަންނަނީ ނަގަމުންނެވެ.

ޗައިނާ ސަރުކާރުގެ ލުއި ލޯނެއްގެ ދަށުން ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަންއާ (ސީއެމްއީސީ) އާ ހަވާލުކޮށްގެން އަޅާފައިވާ 704 ފްލެޓުތަކުގައި މީހުން ދިރިއުޅެންފެށީ 2018 ވަނަ އަހަރެވެ.

ފްލެޓުތަކުން ފެންލީކުވާ މައްސަލަ އާއި އިތުރު މައްސަލަތަކުގެ ޝަކުވާ އާންމުން ކުރަންފެށުމުން، 2020 ވަނަ އަހަރުގެ ކުރީކޮޅުގައި ވަނީ މަރާމާތުކުރަން ބޭނުންވާ ފްލެޓްތަކުގެ އިންސްޕެކްޝަނެއް ކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި މެއިންޓަނެންސް ކުރަން ޖެހިފައިވާ ފްލެޓުތައް ވަރަށް ގިނައެވެ. އެޗްޑީސީއިން، ފްލެޓުތަކުގެ މެއިންޓަނެންސް މަސައްކަތް ކުރުމުގައި އިހުމާލުވާތީ އެކަމުގެ ކަންބޮޑުވުން އާންމުން ވަނީ މީގެ ކުރިން ފާޅުކޮށްފައެވެ.

ހުޅުމާލޭގައި ގާތްގަނޑަކަށް 8،000 އެއްހާ ސޯޝަލް ހައުސިން ޔުނިޓު އެބަހުއްޓެވެ.