14:45


ގއ. ވިލިގިނލިން ފުރައިގެން މާލެ އައި އައްޑު އަތޮޅުގެ ބޯޓަކުން ދަތުރުކުރި ބަންގްލަދޭޝްގެ މީހަކު ކަނޑަށް ވެއްޓި ގެއްލިގެން ކޯސްޓްގާޑުން ނުކުމެ އެމީހާ ހޯދަން ފަށައިފި އެވެ.


އެމްއެންޑީއެފް ކޯސްޓްގާޑުގެ ލެޕްޓިނެންޓް މުހައްމަދު ނައީމް ވިދާޅުވީ ކަނޑަށް ވެއްޓި ގެއްލިގެން ހޯދަމުން އަންނަ އުމުރުން 30 އަހަރުގެ އެމީހާ އެބޯޓަށް އަރައިފައި ވަނީ ސ. ފޭދޫން ކަމަށާއި އެންމެ ފަހުން އެ ބޯޓުގެ މީހުންނަށް އޭނާ ފެނިފައި ވަނީ މިއަދު ހެނދުނު 7 ޖަހާކަންހާއިރު ބޯޓުގެ މެދެއްހާ ހިސާބުގައި އިށީނދެލައިގެން އިންދާ ކަމަށެވެ. އަދި އޭނާ ވެއްޓިފައިވާ ކަމަށް ކޯސްޓްގާޑަށް މައުލޫމާތު ލިބިފައި ވަނީ މ. ނާލާފުށީގެ އިރުން ގާތްގަނޑަކަށް އެއް ނޯޓިކަލް މޭލު ބޭރުގައި ވަނިކޮށް ކަމަށާއި އެމީހާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑާއި މެރިން ޕޮލިހާއި އެބޯޓުގެ އިތުރުން އެއާޓެކްސީން ވެސް ކުރަމުން އަންނަ ކަމަށް ވެސް ނައީމް ވިދާޅުވި އެވެ.