10 Sep 2012, 09:55
އަރިއަތޮޅު ހުޅަނގު 200 މޭލު ބޭރުގައި މަސްވެރިކަމަށް ނުކުމެ ބޯޓެއްގެ ކެޕްޓަނަށް ސްޓޮރޯކެއް ޖެހި ހާލުދެރަވުމުން އޭނާ މާލެ ގެނައުމުގެ މަސައްކަތް އެމްއެންޑީއެފުން ރޭ ފައްޓައިފި އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ އުމަރު ޖަމާލުގެ "ބިގްއައިޓޫ" ކިޔާ ބޯޓުގެ ކެޕްޓަނަށް ސްޓުރޯކެއް ޖެހުނު ކަން އެންގީ ރޭ ކަމަށާއި އޭނާ މާލެ ގެނައުމުގެ މަސައްކަތް ކުރަނީ އެމްއެންޑީއެފުގެ މާލޭ އޭރިޔާ ކޯސްޓްގާޑު ސްކޮޑްރަން އިން ކަމަށެވެ. ނަމަވެސް އެ މީހަކު ކޮން ގައުމެއްގެ ކާކު ކަމެއް އެމްއެންޑީއެފަކުން ނުބުނެ އެވެ. ނަމަވެސް އެ ބޯޓުގައި ގިނައިން މަސައްކަތް ކުރަނީ އިންޑޮނޭޝިޔާ ހިސާބުގެ މީހުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ އޭނާ މާލެ ގެނައުމަށް އެމްއެންޑީއެފް ޝިޕް ހުރަވީ ފުރީ ރޭ 7:35 ހާކަންހާއިރު ކަމަށާއި އެ މީހާ މާލެ ގެނެވޭ ވަރު ވާނީ މިއަދު ހަވީރު 4 ޖަހާކަންހާ އިރު ކަމަށެވެ.