ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކެ ޏ. ފުވައްމުލަކުން ހައްޔަރުކުރި މީހެއްގެ މައްޗަށް ދަޢުވާ ކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވައިފި އެވެ.

ފުވައްމުލަކު ހޯދަޑު، ތަހުޒީބު، ސަތީހު ޝާކިރުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެ މައްސަލަ ޕީޖީއަށް ފޮނުވާފައި ވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ.

މިއަހަރުގެ ޖުލައި ހަތަރު ވަނަ ދުވަހު ޝަތީހު ހައްޔަރުކޮށްފައިވަނީ އެރަށު ބަނދަރު ސަރަހައްދުންނެވެ. އަދި ފުލުހުން އޭނާ ހިފެހެއްޓުމަށްފަހު އޭނާ އަތުގައި އޮތް ފޮށިގަނޑެއް ބަލައި ފާސްކުރިކުރުމުން އެފޮށިގަނޑު ތެރޭ އޮތް ކުޑަ ޖިޕެއްގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ބްލެޓްސައިޒްގެ 39 ރަބަރުޕެކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ކުދި ޕެކެޓްގެ 79 ޕެކެޓާއި ބްލެޓް ސައިޒްގެ ދެ ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.

އަދި އެތަކެތި ތަހުލީލުކޮށް ބެލިބެލުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ޑައިއެސިޓައިލްމޯފިން އާއި އެސިޓައިލްމޯފިން އާއި އެސިޓައިލްކޯޑެއިން އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.