މިއަދުގެ ސަން ބަދިގެ ސެގްމެންޓްގައި ގެނެސްދޭނީ ދިވެހީންގެތެރޭ ވެސް މިފަހަކަށް އައިސް ވަރަށް އާއްމު މޭވާއެއް ކަމަށްވާ ޑްރެގަން ފްރުޓް ބޭނުންކޮށްގެން ތައްޔާރުކޮށްލެވޭނެ މީރު ބުއިމެއް ތައްޔާރުކޮށްލާނެ ގޮތެވެ.

ބޭނުންވާތަކެތި

ޑްރެގަން ފްރުޓް (ރީނދޫކުލަ)

ކަދުރު

ފުލް ކްރީމް

ކިރު

ދޮންކެޔޮ

ތައްޔާރުކުރާނެގޮތް

ޑްރެގަން ފްރުޓް، ދޮންކެޔޮ އަދި ކަދުރުގެ އޮށްތައް ނެގުމަށްފަހު ކުދިކޮށް ކޮށާލާށެވެ. އެއަށްފަހު ފުލް ކްރީމް އެޅުމަށްފަހު ބްލެންޑަރުން ރަނގަޅަށް ގިރާލާށެވެ.

މިއީ ރޯދައް ވީއްލާ ވަގުތަށް ވެސް އަދި ތާރާވީހު ދަމަށް ވެސް ބޯލަން ވަރަށް މީރު ބުއިމެކެވެ.