08 Sep 2012, 12:37
ދެހާސް ސާދަ ވަނަ އަހަރު ބްރެޒިލްގައި ބާއްވާ ވޯލްޑް ކަޕަށް ކޮލިފައި ވުމަށްޓަކައި ޕެރެގުއޭއާ ދެކޮޅަށް ކުޅުނު މެޗް 3-1 ލަނޑުން އާޖެންޓީނާ ކާމިޔާބުކޮށް ދެކުނު އެމެރިކާ ޒޯނުގެ އެއްވަނަ ހޯދައިފިއެވެ.
އާޖެންޓީނާ ކުޅުނު މިމެޗުން މޮޅުވުމުން އެޓީމް އޮތީ 13 ޕޮއިންޓާއެކު ގްރޫޕްގެ ކުރީގައެވެ. އަދި މިޒޯންގެ ދެ ވަނައިގައި 12 ޕޮއިންޓާ އެކު ޗިލީ އޮތް އިރު ތިން ވަނައިގައި އޮތީ ވެސް އެ އަދަދަށް ޕޮއިންޓް އެއްކޮށްގެން ލަނޑުގެ ތަފާތުން އިކުއެޑޯ އެވެ. އަދި ހަތަރު ވަނައިގައި 11 ޕޮއިންޓާއެކު އުރުގުއޭ އޮތް އިރު ފަސް ވަނަ ގައި އޮތީ ކޮލަމްބިއާ އެވެ. އެގޮތުން ކޮލަމް ބިއާއަށް ލިބިފައި ވަނީ ޖުމްލަ 10 ޕޮއިންޓެވެ.
އާޖެންޓީނާގެ އަމިއްލަ ދަނޑުގައި ޕެރެގުއޭއާ ދެކޮޅަށް ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ ތިން ވަނަ މިނެޓުގައި ޖަހާ ކުރި ހޯދީ އާޖެންޓީނާގެ އެންހެލް ޑި މަރިއާ އެވެ. އަދި ރޭގެ މެޗުގައި އާޖެންޓީނާގެ ދެ ވަނަ ލަނޑު މެޗުގެ 31 ވަނަ މިނެޓުގައި ގޮންޒާލޯ ހިގައިން ކާމިޔާބު ކޮށްދިން އިރު، އެޓީމްގެ ފަހު ލަނޑު މެޗުގެ 64 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ލިއޮނަލް މެސީ އެވެ.
ރޭގެ މެޗުން ބަލިވި ޕެރެގުއޭއިން އާޖެންޓީނާ ކޮޅަށް ޖެހި އެޓީމްގެ ހަމައެކަނި ލަނޑު މެޗުގެ ފުރަތަމަ ހާފުގައި ކާމިޔާބު ކޮށްދިނީ ފަބްރޯ އެވެ. އޭނާ އެލަނޑު ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އަކުންނެވެ.
މިޒީންގައި ރޭ ކުޅުނު އިތުރު މެޗްތަކަށް ބަލާއިރު ކޮލަމްބިއާ އަތުން 4-0 ލަނޑުން އުރުގުއޭ ބަލިވިއިރު، އިކުއެޑޯ އަތުން ބޮލިވިއާ ބަލިވެފައި ވަނީ 1-0 ލަނޑުނެވެ. އަދި ވެނެޒުއޭލާ އަތުން 2- 1ޕެރޫ މޮޅުވީ 2-1 ލަނޑުންނެވެ.