ހދ. ނެއްލައިދޫ ރަށު ކައުންސިލް ބައި އިލެކްޝަންގެ ވޯޓުލުން މިއަދު ކުރިއަށް އެބަދެ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ސެކްރަޓަރީ ޖެނަރަލް އާސިމް އަބުއްދުއް ސައްތާރު މިއަދު ވިދާޅުވީ ނެއްލައިދޫ ބައި އިލެކްޝަންގެ ވޯޓުލުން ހެނދު 8:00 ފެށިގެން އެ ރަށުގަ އާއި މާލެގައި ކުރިއަށްދާ ކަމަށެވެ.

މިއަދު ކުރިއަށްދާ އެ ބައިލެކްޝަނުގައި ޖުމްލަ 779 މީހުނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ އިރު އޭގެ ތެރެއިން 59 މީހުން މާލެގައި ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނަރަލް ވިދާޅުވި އެވެ.

ނެއްލައިދޫގައި ވޯޓުފޮށި އެ ރަށު ސުކޫލުގައި ބަހައްޓާފައިވާ އިރު މާލެގައި ވޯޓުފޮށި ބަހައްޓާފައި ވަނީ އިސްކަންދަރު ސުކޫލުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

ވޯޓުލުން މިއަދު 4:00 ހަމައަށް ކުރިއަށްދާ އިރު ވޯޓުފޮށި ކައިރިން ވަގުތީ ނަތީޖާ އިއުލާން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މިއަދު ކުރިއަށްދާ ބައި އިލެކްޝަނުގައި ޖުމްހޫރީ ޕާޓީންނާއި އެމްޑީޕީން ކެންޑިޑޭޓަކު ވާދަކުރާ އިރު އަމިއްލަ ގޮތުން ވެސް އެއް ކެންޑިޑޭޓަކު ވާދަކުރެ އެވެ.

ނެއްލައިދޫ ކައުންސިލް ގޮނޑިއެއް ހުސްވެފައި ވަނީ އެ ކައުންސިލްގެ ރައީސް ކަމުގައި ހުންނެވި އެމްޑީޕީގެ މެންބަރު މުހައްމަދު ރަޝީދު ކައުންސިލަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.