ބެއިޖިންގ (ސެޕްޓެމްބަރ 8): ޗައިނާގެ ހުޅަނގު ދެކުނަށް އައި ބިންހެލުންތަކެއްގައި 80 އަށް ވުރެ ގިނަމީހުން މަރުވެ ހާހެއްހާ މީހުން ޒަޚަމްވެއްޖެ އެވެ.

ޗައިނާގެ ރަސްމީ ފަރާތްތަކުން ބުނި ގޮތުގައި މިއީ ސިލްސިލާ ގޮތެއްގައި އިއްޔެ އިން ފެށިގެން އަންނަމުންދާ ބިންހެލުންތަކެކެވެ. މިބިންހެލުންތައް މިއަދުވެސް ކޮންމެވެސް ވަރަކަށް އަންނަމުންދާ ކަމަށް އެ ޤައުމުގެ ރަސްމީ ފަރާތްތަކުން ބުނެ އެވެ. ޗައިނާގެ ޒިންހުވާ ނޫސްއެޖެންސީ ބުނާ ގޮތުން މިބިން ހެލުންތަކުގެ ތެރެއިން އެންމެބާރު ގަދަ ބިންހެލުން އައިސްފައި ވަނީ ރެކްޓަރ މިންގަނޑުން 7.5ގެ ބާރުމިނުގަ އެވެ. މީހުން މަރުވެ ޢިމާރާތްތައް ވެއްޓުނީ 6 އާއި 7.5 ގެ ބާރުމިނުގައި އައި ބިންހެލުންތަކުގެ ސަބަބުންނެވެ.

އެމެރިކާގެ އެސޯސިއޭޓެޑް ޕްރެސް ބުނާ ގޮތުން ބިންހެލުންތަކުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ޗައިނާގެ ހުޅަނގު ދެކުނުގެ ބިލިޔާންގް ޕްރޮވިންސްގެ ރައްތަކަށެވެ. މިބިންހެލުންތަކުގައި މަރުވި އެންމެން ވެސް މަރުވެފައި ވަނީ މިޕްރޮވިންސުނެނެވެ.

ރިޕޯޓްތައް ބުނާގޮތުން މިބިންހެލުންތަކުގެ ސަބަބުން ޗައިނާގެ ހުޅަނގު ދެކުނުގެ އެތަށް ރައްތަކެއްގެ އިންފްރާސްޓްރަކްޗާ އަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އަދި މިރަށްތަކުން 20 ހާސް ޢިމާރާތް ވެސް ވަނީ ބޭނުންނުކުރެވޭ މިންވަރަށް ހަލާކުވެފަ އެވެ. (ނޫސްއެޖެންސީތައް)