މިއަދުގެ ސަން ބަދިގެ ސެގްމެންޓްގައި ގެނެސްދޭނީ ހަނާކުރި ބޯވަ ތައްޔާރުކޮށްލާނެ ގޮތެވެ.

ބޭނުންވާތަކެތި

300 ގްރާމް ބޯވަ (ރަނގަޅަށް ދޮވެ ސާފުކޮށް ފެނު ކެއްކުމަށްފަހު 1/2 އިންޗިއަށް ކޮށާފައި)

ފިޔާ ( ތުނިކޮށް ކޮށާފައި)

ލޮނުމެދު (ތުނިކޮށް ރިހަޔަށް ކޮށާގޮތަށް ކޮށާފައި)

ހިކަނދިފަތް ރާނބާފަތް

ލޮނު

ޓޮމާޓޯ ޕޭސްޓް

އަސޭމިރުސް

ގިތެޔޮ މިރުސް

ކުކިންގް އޮއިލް

ތައްޔާރުކުރާނެގޮތް

ކޮށާފައި ހުރި ފިޔާކޮޅު ރަތްކޮށްލުމަށްފަހު، ލޮނުމެދު، ހިކަނދިފަތް އަދި ރާނބާފަތްކޮޅުވެސް އެއާ އެއްކޮށްލުމަށްފަހު މީރުކޮށްލާށެވެ. ދެން ލޮނުމިރުސްކޮޅެއް އެއާ އެއްކޮށްލުމަށްފަހު ޓޮމާޓޯ ޕޭސްޓް އަޅާ އެއްކޮށްލާށެވެ.

ލޮނު އެޅުމަށްފަހު ދެން ގިތެޔޮ މިރުސް (ރަހަލާ ވަރަށް) ފިޔާގަނޑުތެރެއަށް އަޅާލާށެވެ. ކުޑަ ފެންފޮދެއް އަޅާލުމަށްފަހު ފިޔާގަނޑުގެ ރަހަ ހެޔޮވަރުކުރުމަށްފަހު ކޮށާފައިހުރި ބޯވަކޮޅު އޭގެތެރެއަށް އަޅާ އެއްކޮށްލާށެވެ. އިރުކޮޅަކަށް ކެއްކުމަށްފަހު އުނދުން ނިވާލާށެވެ.