މިއަދުގެ ސަން ބަދިގެ ސެގްމެންޓްގައި ގެނެސްދޭނީ ފަރުމަހުގައި ވަރަށް ތަފާތު މީރުގޮތަކަށް ސެލެޑެއް ތައްޔާރުކޮށްލާނެ ގޮތެވެ. މިއީ ރޯދަވީއްލާ ވަގުތަށް ވެސް ހާރުދަމަށް ވެސް ކެއުމުގައި ހިމަނާލެވިދާނެ ބާވަތެކެވެ.

ބޭނުން ވާތަކެތި

400 ގްރާމް ފަރުމަސް (ކިއުބުކޮށް ކޮށާފައި ފެނު ކައްކާފައި)
02 ޓޮމާޓޯ (ކިއުބުކޮށް ކޮށާފައި)
01 ފިޔާ (ކިއުބުކޮށް ކޮށާފައި)
04 ބީންސް (ފެނު ކައްކާފައި)
50 ގްރާމް ލެޓިއުސް (ބޮޑެތިކޮށް ކޮށާފައި)
ސެލެޑް ޑްރެސިން
06 މޭޒްމަތީސަމުސާ ސެލެޑް އޮއިލް
01 ސައިސަމުސާ ވިނިގަރ
01 ސައިސަމުސާ މަސްޓަޑް ކްރީމް
4/1 ސައިސަމުސާ ހަކުރު
މުގުރިއަސޭމިރުސް އަދި ރަހަލާ ވަރުގެ ލޮނުކޮޅެއް


ތައްޔާރު ކުރާނެގޮތް

ފުން ތަށްޓެއްގެ ތެރެއަށް ވިނިގަ، ހަކުރު، މަސްޓަޑް އެޅުމަށްފަހު ރަނގަޅަށް ގިރާލާފައި މަޑުމަޑުން ސެލެޑް އޮއިލް އަޅަމުން ގިރާލާށެވެ. ރަނގަޅަށް ޑްރެސިން އޮލަވީމަ ލޮނު، އަސޭމިރުސް އަޅާއެއްކޮށްްލާފައި ބަހައްޓާނީއެވެ.

އެއަށްފަހު ބޯލްއެއްގެތެރެއައް ޓޮމާޓޯ، ކައްކާފައި ހުރި ފަރު މަސް، ފިޔާ، ބީންސް، ލެޓިއުސް އަޅާއެއްކޮށްލާފައި ކުރިން ހެދި ސެލެޑް ޑްރެސިން ކޮޅުއަޅާ އެއްކޮށްލާނީއެވެ.

މިއީ ވަރަށް ފަސޭހައިން ތައްޔާރު ކޮށްލެވޭނެ, ހަށިގަނޑަށް ވަރަށް ފައިދާ ހުރި ކެއުމެކެވެ.