އެލައިޑް އިންޝުއަރެންސް ކުންފުނިން އެ ކުންފުނީގެ އިންސްޓަގްރާމް ފޮލޯވަރުންނަށް އަމާޒުކޮށް، އެންމެ ފަހުގެ އައިފޯން ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

"އެލައިޑް އައިފޯން ޑްރޮޕް"ގެ ނަމުގައި އެލައިޑް އިންޝުއަރެންސުން ހުޅުވާލި ފުރުސަތުގައި ލިބޭނީ އެޕަލް ކުންފުނިން އެންމެ ފަހުން ތައާރަފްކުރި އައިފޯން 17 ސީރީޒްގެ ޕްރޯ މެކްސްއެވެ.

މިއަދުން ފެށިގެން އަންނަ އޭޕްރިލް މަހުގެ ދިހަވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ގިވްއަވޭގައި ބައިވެރިވުމަށްޓަކައި ފުރަތަމަ ޖެހޭނީ އެލައިޑް އިންޝުއަރެންސްގެ އިންސްޓަގްރާމް އެކައުންޓަށް ފޮލޯކުރާށެވެ. އެއަށްފަހު އެ ކެމްޕެއިނާ ގުޅޭ ޕޯސްޓުގެ ކޮމެންޓުކުރާ ބައިގައި ހަ އެކުވެރިއަކު ޓެގުކުރުމަށްފަހު، އަމިއްލަ އިންސްޓަގްރާމް ސްޓޯރީގައި އެލައިޑްގެ ޕޯސްޓު ހިއްސާކުރާނީއެވެ.

އެލައިޑް އިންޝުއަރެންސުން ބުނީ، މި ޕޯސްޓުގެ ދަށުން ކުރާ ކޮންމެ ކޮމެންޓެއްގައި ޓެގުކުރަން ޖެހޭނީ ތަފާތު ހަ މީހެއް ކަމަށެވެ. ގިނަ ކޮމެންޓުތައް ކުރުމުން އައިފޯން ލިބުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް، އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން، އިންސްޓަގްރާމްގައި ޕްރައިވެޓް އެކައުންޓު ގެންގުޅޭ ފަރާތްތަކުން ސްޓޯރީއަށް ޕޯސްޓުކުރުމަށްފަހު، އޭގެ ސްކްރީންޝޮޓެއް އެލައިޑްގެ އިންސްޓަގްރާމް ޑައިރެކްޓް މެސެޖަށް ފޮނުވުމުންވެސް، ގިވްއަވޭގައި ބައިވެރިވެވޭނެ ކަމަށް، އެލައިޑުން ބުންޏެވެ.