07 Sep 2012, 14:07
"ދި އެކްސްޕެންޑެބްލްސް 2"ގެ ވިޔަފާރި ރަނގަޅު ކަމަށް ފިލްމުގެ ޑިސްޓްރިބިއުޓަރު ހާމަ ކޮށްފިއެވެ. ހަމަ އެކަނި އިންޑިޔާއަށް ބެލި ކަމުގައި ވިޔަސް އެ ފިލްމު ދަނީ ބޮޑު ކާމިޔާބީތަކެއް ހޯދަމުންނެވެ.
އިންޑިޔާގައި ތިބި، ސިލްވެސްޓަރ ސްޓެލޯން އާއި އާނޯލްޑް ޝްވާޒިނެގަރގެ ފޭނުންނަށް މި ފިލްމު ވެފައި ވަނީ ވަރަށް ބޮޑު ހަދިޔާއަކަށެވެ. އެ ގައުމުގައި މި ފިލްމު ރިލީޒް ކުރިތާ އެންމެ ތިން ދުވަހުގެ ތެރޭގައި ވަނީ 10.94 ކުރޯޑުގެ އާމްދަނީއެއް ލިބިފައެވެ.
އިންޑިޔާގައި ވަނީ ތަފާތު 800 ސިނަމާގައި "ދި އެކްސްޕެންޑެބްލްސް 2" އަޅުވައިފައެވެ.
އެންމެ ފުރަތަމަ ދުވަހު އާމްދަނީއެއްގެ ގޮތުގައި 2.95 ކުރޯޑު ލިބިފައި ވާ އިރު، ދެވަނަ ދުވަހު 3.73 ކުރޯޑު އަދި ތިންވަނަ ދުވަހު 4.26 ކުރޯޑު ރުޕީސް ލިބިފައިވެއެވެ.
މި ފިލްމުގެ އިންޑިޔާގައި ރިލީޒް ކޮށްފައި ވާ އިރު، މި ފިލްމަށް ހިންދީ ބަހުންނާއި، ތަމަޅަ ބަހުންނާއި، ތެލުގޫ ބަހުން އަޑު އަޅައިގެން ވެސް ވަނީ ރިލީޒް ކޮށްފައެވެ.