09 Mar 2026, 21:52
ޗައިނާގައި ދެ ދާއިރާއަކުން ޕީއެޗްޑީ ފުރިހަމަކުރަން ދިވެހި ދަރިވަރުންނަށް އިއްޔެ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ފުރުސަތު ހުޅުވާލައިފިއެވެ.
ޗައިނާގެ ޒެޖިއަން ޔުނިވާސިޓީގެ، އިންސްޓިޓިއުޓް އޮފް ގްލޯބަލް ޑިވެލޮޕްމަންޓްގެ ދެ ކޯހަކަށް މިނިސްޓްރީން ވަނީ ފުރުސަތު ހުޅުވާލާފައެވެ. އެއީ، ޕީއެޗްޑީ އިން އެޕްލައިޑް އިކޮނަމިކްސް އަދި ޕީއެޗްޑީ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަންއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މި ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 25 ވާ ބުދަ ދުވަހުގެ 12:30 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
މި ކޯހަށް ޝަރުތު ހަމަވާނީ އެ ކޯސްތަކާ ގުޅޭ ދާއިރާއަކުން މާސްޓާސް ޑިގްރީ ފުރިހަމަކޮށްފައިވާ މީހުންނަށެވެ. އަދި، ކޮންމެ މީހަކަށް ވެސް ކުރިމަތިލެވޭނީ ދެ ކޯހުންކުރެ ކޮންމެ ވެސް އެއް ކޯހަކަށް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެޕޯޓަލްމެދުވެރިކޮށް މި ކޯސްތަކަށް ކުރިމަތިލެވޭނެއެވެ.
މި ސްކޮލާޝިޕާ ގުޅޭ އިތުރު މައުލޫމާތު މިނިސްޓްރީގެވެބްސައިޓާއިޕޯޓަލްމެދުވެރިކޮށް ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.