މަސްތުވާތަކެއްޗާ އެކު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މަސްތުވާތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ބްލެޓް ސައިޒުގެ 49 ރަބަރު ޕެކެޓާ އެކު ހައްޔަރުކޮށްފައިވަނީ އުމުރުން 20 އަހަރުގެ ފިރިހެނެއް ކަމަށާއި އެމީހާ އަތުލައިގެންފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި ގދ. ކާޑެއްދޫއަށް ދިއުމަށްޓަކައި އެއާޕޯޓަށް ފުރަން ގޮސް ހުއްޓާ ކަމަށެވެ.

ފުލުހުން ބުނީ އޭނާގެ އަތުގައި ހުރި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި އެޕެކެޓްތައް ފެނިފައިވަނީ އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައިފާސް ކުރުމުގެ ތެރޭގައި އޭނާ ލައިގެން ހުރި ބޮކްސާ ތެރެއިން ކަމަަށެވެ.

މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.