ހއ. ބެރިނަމްދޫ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތެއް ހޯދަން އިއުލާން ކުރުމުން އެކަމަށް ހަތަރު ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި އެވެ.

ޓްއަރިޒަމް މިނިސްޓުރީން ބުނީ 200 އެނދުގެ ޓޫރިސްޓު ރިސޯޓެއްގެ ތަރައްގީކުރުމަށް ޝައުގުވެރިކަން ފާޅުކުރީ ރާއްޖޭގެ ތިން ފަރާތަކުނާއި ބޭރުގެ ފަރާތެއް ތަމްސީލްކުރާ ދިވެހި ފަރާތަކުން ކަމަށެވެ. އެފަރާތްތަކާ ބެހޭ އިތުރު މައުލޫމާތެއް ނުދެއެވެ.

ބެރިންމަދޫ ވަނީ 2007 ވަނަ އަހަރު ވެސް ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ބަޔަކަށް ކުއްޔަށްދީފަ އެވެ. ޓޫރިޒަމް މިނިސްޓްރީ އިން ބުނީ އެ ރަށް އަލުން ބީލަމަށް ލަނީ އެ ރަށް ކުއްޔަށް ހިފި ފަރާތުގެ އެދުމުގެ މަތިން އެ ފަރާތަށް އެހެން ރަށެއް ރިސޯޓް ތަރައްގީ ކުރުމަށް ހަމަޖައްސައި ދިނުމާ ގުޅިގެން ކަމަށެވެ.