"ރަމަޟާން ޕްރޮމޯޝަން 2012"ގެ ނަމުގައި އޭސް ހާޑުވެއާ އިން ރޯދަމަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި އެވެ.

އޭސް ހާޑްވެއާ އިން މިއަދު ބުނީ އެ ޕްރޯޝަންގެ ގުރުއަތުން އެއް ވަނަ އަށް ހޮވިގެން ދެ މީހަކު ދިޔުމަށް އުމްރާ ދަތުރު ލިބިފައި ވަނީ ލ. ގަން ދަނބުރުދޮޝުގޭ ހަސަން ރިޔާޒް ކަމަށެވެ. އަދި އެ ޕްރޮމޯޝަނުން ދެ ވަނަ އަށް ހޮވިގެން ހޮންޑާ ސައިކަލެއް ހާސިލްކުރީ އުމުރުން ދެ އަހަރުގެ ހއ. ވަށަފަރު ނަރުގިސްވިލާ އައިޝަތު އަނުމް އިބްރާހިމް ކަމަށެވެ. އަދި ގުރުއަތުން ނެގުނު 10 ފަރާތަކަށް 1000.ރގެ ގިފްޓް ވައުޗާއެއް ވެސް ދީފައިވާ ކަމަށެވެ.

އޭސް ހާޑްވެއާގެ އެ ޕްރޮމޯޝަނަކީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހުން އޮގަސްޓް 20ގެ ނިޔަލަށް ކުރިއަށް ދިޔަ ޕްރޮމޯޝަނެކެވެ. އެ ޕްރޮމޯޝަންގެ ދަށުން އޭސް ހާޑްވެއާ އާއި ކަލަ ބޭންކުން ކުރި ކޮންމެ 500ރ.ގެ ވިޔަފާރިއަކަށް ކޫޕަނެއް ދީފައިވެ އެވެ. އަދި އޭސް ހާޑްވެއާ އިން ވިއްކި ބައެއް ތަކެތިން 50 ޕަސެންޓާ ހަމަ އަށް ޑިސްކައުންޓް ވެސް ދީފައިވެ އެވެ.